މަސްކުގެ ވިސްނުމަށް ޓްވިޓާ ބަދަލުކުރަން މިހުރީ ތައްޔާރަށް: އާ ސީއީއޯ
މަސްކުގެ ވިސްނުމަށް ޓްވިޓާ ބަދަލުކުރަން މިހުރީ ތައްޔާރަށް: އާ ސީއީއޯ

ޓްވިޓާގެ ވެރިޔާ ބިލިއަނަރު އީލޮން މަސްކުގެ ވިސްނުމަށް އެ ޕްލެޓްފޯމް ބަދަލުކުރުމުގައި އެހީތެރިވުމަށް ތައްޔާރަށް ހުރިކަމަށް ޓްވިޓާގެ އާ ސީއީއޯ ލިންޑާ ޔަކަރިނޯ ވިދާޅުވެއްޖެ އެވެ.

މަސްކުގެ ވިސްނުމަށް ޓްވިޓާ ބަދަލުކުރަން މިހުރީ ތައްޔާރަށް: އާ ސީއީއޯ
މަސްކުގެ ވިސްނުމަށް ޓްވިޓާ ބަދަލުކުރަން މިހުރީ ތައްޔާރަށް: އާ ސީއީއޯ

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށް ފަހު ސީއީއޯގެ މަގާމުގައި މަސްކު ހުރުމަށް ފަހު، އާ ސީއީއޯއެއް ހޮވައިފިކަން އިއުލާނުކުރީ މިދިޔަ ހުކުރު ދުވަހު އެވެ.

މަގާމާ ހަވާލުވުމަށް ފަހު ފުރަތަމަ ފަހަރަށް ކުރެއްވި ޓްވީޓުގައި ޔަކަރިނޯ ވިދާޅުވީ އުޖާލާ މުސްތަގުބަލަކަށް މަސްކު ގެންގުޅޭ ވިސްނުމަކީ އޭނާ އަށް އިންސްޕަރޭޝަނެއް ކަމަށާއި، މަސްކުގެ ވިސްނުމަށް އެ ސޯޝަލް މީޑިއާ ޕްލެޓްފޯމު ބަދަލުކޮށްލަން ތައްޔާރު ކަމަށެވެ.

"އެންބީސީޔުނިވާސަލް" ގެ އެޑްވަޓައިޒިން ޗީފްގެ ގޮތުގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޔަކަރިނޯ ވަނީ އެ ކުންފުނީގެ އިސްތިހާރުގެ ވިޔަފާރި ފަހުގެގޮތްތަކަށް ގެނައުމުގައި މުހިންމު ރޯލެއް އަދާކުރައްވައިފަ އެވެ.

ޓްވިޓާގެ މުސްތަގުބަލު ކުރިއެރުމަށް ތައްޔާރަށް ހުރިކަން ފާހަގަކުރައްވާ ޔަކަރިނޯ ވިދާޅުވީ "ޓްވީޓާ 2.0" އަށް ބަދަލުކުރުމަށް ޔޫސާއިންގެ ފީޑްބެކް ބޭނުންވާނެ ކަމަށެވެ.

ޓެސްލާ ކުންފުނީގެ ވެސް ސީއީއޯ މަސްކު ބުނިގޮތުގައި، ޔަކަރިނޯއާ ޓްވިޓާގެ ސީއީއޯގެ މަގާމު ހަވާލުކުރުމުން އޭނާ އަށް ޓެސްލާ ކުންފުންޏާ ގިނަ ވަގުތު ދިނުމަށް މަގުފަހިވާނެ އެވެ.