18 މެއި 2023 - 19:57

ފ. ފިލިތެޔޮ ކައިރިން ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ އެ ތަކެތި ފެނުނީ ފިލިތެޔޮ ކައިރި އަށް މަސްތުވާތަކެތި ފައްތާފައި ހުރި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ އަތޮޅު ފުލުހުން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
އަދި އެ ތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ނަމަވެސް ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް ނުވަތަ ފެނުނީ ކޮން ބާވަތެއްގެ މަސްތުވާ އެއްޗެއް ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެެވެ.
ރާއްޖޭގެ ފަޅެއްގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި މިދިޔަ އަހަރު ވެސް ފުލުހުން ވަނީ އަތުލައިގެންފަ އެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރިކަން ނުވަތަ ނޫންކަން ވެސް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.