09 ޖޫން 2023 - 21:57

ފްލޮރިޑާ (ޖޫން 9) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ދެކޮޅަށް ހަތް ދައުވާއެއް އުފުލާފައި ވަނިކޮށް، އަންނަ އަންގާރަ ދުވަހު އޭނާ ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވައިފި އެވެ.
ޓްރަމްޕާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި، އެމެރިކާގެ ސަރުކާރުގެ ސިއްރު ލިޔެކިޔުންތައް އޭނާ ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާ ވެސް ހިމެނެ އެވެ. އަންނަ އަންގާރަ ދުވަހު، މަޔާމީގެ ކޯޓަށް އޭނާ ހާޒިރު ކުރަނީ ހަތް ދައުވާގެ ތެރެއިން ކޮން ދައުވާއަކާ ގުޅިގެން ކަމެއް ނޭނގެ އެވެ.
ޓްރަމްޕްގެ ވަކީލް ޖިމް ޓްރަސްޓީ ވިދާޅުވީ ޓްރަމްޕް ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭނާ އާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާތަކަށް ޖަވާބު ދެއްވާނެ ކަމަށް ޖިމް ޓްރަސްޓީ ވިދާޅުވި އެވެ.
ޓްރަމްޕްގެ ރިޔާސީ ދައުރު 2021 ގައި އޭނާ ނިންމާވާލައްވައި ފްލޮރިޑާގައި ހުންނަ އޭނާގެ އަމިއްލަ ފުޅު ރިސޯޓަށް ދިރިއުޅުން ބަދަލު ކުރެއްވި އިރު 100 ސޮފްހާގެ ހިމެނޭ ސިއްރު ލިޔެކިޔުންތަކެއް ގެއަށް ގެންދެވި ކަމަށް ޓްރަމްޕް ވިދާޅުވާ އޯޑިއޯއެއް މިހާރު ވަނީ ލީކުކޮށްލައިފަ އެވެ.
ފޮތަކަށް ޓްރަމްޕް ދެއްވާފައިވާ އޯޑިއޯ އިންޓަވިއުގެ ރެކޯޑިން ސީއެންއެން އިން ލީކު ކޮށްލީ މިއަދު އެވެ.