3،000 މީހުން ގޮވައިގެން ހުޅުމާލެ ސާފުކޮށްފި
3،000 މީހުން ގޮވައިގެން ހުޅުމާލެ ސާފުކޮށްފި

ހުޅުމާލެ ސާފުކުރުމަށް އާބަންކޯ އިން މިއަދު ބޭއްވި ބޮޑު ހަރަކާތުގައި 3،000 މީހުން ބައިވެރިވި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

3،000 މީހުން ގޮވައިގެން ހުޅުމާލެ ސާފުކޮށްފި
3،000 މީހުން ގޮވައިގެން ހުޅުމާލެ ސާފުކޮށްފި

އާބަންކޯގެ ނޫސްބަޔާނެއްގައި ބުނީ، މި އަހަރުގެ ތިމާވެށި ދުވަހާ ގުޅުވައިގެން ފެށި "ދުނިޔެ މަގޭ" ކެމްޕެއިންގެ ދަށުން ބޭއްވި ހުޅުމާލެ ސާފުކުރުމުގެ ބޮޑު ހަރަކާތް ވަރަށް ކާމިޔާބު ކަމަށެވެ.

3،000 މީހުން ގޮވައިގެން ހުޅުމާލެ ސާފުކޮށްފި
3،000 މީހުން ގޮވައިގެން ހުޅުމާލެ ސާފުކޮށްފި

މިއަދު ހެނދުނު 7:30 އިން 10:30 އަށް ބޭއްވި އެ ހަރަކާތުގައި މިނިސްޓްރީތަކާއި ސަރުކާރު ކުންފުނިތަކާއި މާލެ ސަރަހައްދުގެ ސްކޫލުތަކާއި އަދި އެކި ޖަމިއްޔާތައް ހިމެނޭ ގޮތަށް 3،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އާބަންކޯ އިން ބުންޏެވެ.އެ ހަރަކާތުގައި ކޮކާ ކޯލާ ކުންފުންޏާއި މޯޕާ އާއި ވެމްކޯ އާއި އެމްޕީއެލް އާއި އެމްއާރުސީ އާއި ބުރުޒު ކޭޓަރިން އަދި ވެލިގާ ހާޑްވެއާގެ އެހީތެރިކަން ލިބުނު ކަމަށް ވެސް އާބަންކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެ ހަރަކާތުގައި ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކުރީ، އެކަމުގައި ބައިވެރިވި މީހުން ޖުމްލަ ހަތް ޓީމަކަށް ބަހާލައިގެންނެވެ. އެ ޓީމުތަކުން ހުޅުމާލެ 1 އަދި 2 ގައި މީހުން ދިރިއުޅޭ އެކި ސަރަހައްދުތައް ސާފުކުރި އެވެ.

"ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން އާބަންކޯ އިން ތައާރަފުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭނަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަމުން ދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ތައާރަފުކޮށްފައިވާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން ގިނަ ކަންތައްތަކެއް މުޅި އަހަރަށް ބަހާލައިގެން ރޭވިފައިވާކަން ފާހަގަކުރަމެވެ،" އެ ކުންފުނިން ބުންޏެވެ.