ސ. މަރަދޫގައި ހިއްކާ ބިމުން ވެލި ނަގާ މައްސަލަ ބޮޑުވެއްޖެ
ސ. މަރަދޫގައި ހިއްކާ ބިމުން ވެލި ނަގާ މައްސަލަ ބޮޑުވެއްޖެ

ސ. މަރަދޫގައި މިހާރު ހިއްކަމުން އަންނަ ސަރަހައްދުން އާންމުން ވެލި ނަގާ މައްސަލަ ބޮޑުވެއްޖެ އެވެ.

ސ. މަރަދޫގައި ހިއްކާ ބިމުން ވެލި ނަގާ މައްސަލަ ބޮޑުވެއްޖެ
ސ. މަރަދޫގައި ހިއްކާ ބިމުން ވެލި ނަގާ މައްސަލަ ބޮޑުވެއްޖެ

މަރަދޫ އަވަށު އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހިއްކާ ސަރަހައްދަށް އަޅާފައިވާ ވެލިގަނޑުން އެކި މީހުން ވެލި ނަގަމުންދާ ކަމުގެ ޝަކުވާ އެ އޮފީހަށް ލިބިފައިވާ ކަމަށެވެ.

އެއީ މަނާކަމެއް ކަމަށާއި އެކަން ކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ އޮފީހުން ދިނެވެ.

މި ސަރުކާރުން އައްޑޫގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ އައްޑު އަށް ބިން އިތުރުކުރުމުގެ މަސައްކަތުގެ ދަށުން މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކައި އެ ރަށުގެ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކާނެ އެވެ.

ބިން ހިއްކުމުގެ މަސައްކަތް ފެށީ ވެސް މަރަދޫންނެވެ.

އައްޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހު އެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި ހިންގާ މި މަޝްރޫއުގެ ދަށުން އައްޑޫގައި 194.3 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑްއާ އެވެ.