ފަސް އަހަރު ތެރޭގައި މާގިރި ހޮޓެލްއަށް ކާމިޔާބީ އާއި މަގުބޫލުކަން
ފަސް އަހަރު ތެރޭގައި މާގިރި ހޮޓެލްއަށް ކާމިޔާބީ އާއި މަގުބޫލުކަން

މި އަހަރުގެ އޭޕްރިލް މަހު ފަސް އަހަރު ފުރުނު މާގިރި ހޮޓެލް އަކީ ހޮޓެލް އިންޑަސްޓްރީގައި މާލެއިން ފާހަގަ ކޮށްލެވޭ އެންމެ ހިތްގައިމު އެއް ހޮޓަލެވެ. ރާއްޖެއަށް ޒިޔާރަތް ކުރާ އިއްޒަތްތެރިންނާއި، ފަތުރުވެރިންނާއި، ދިވެހިންގެ ހާއްސަ ހަފްލާތަކާއި ހަނީމޫންއަށް ކަނޑައަޅާ މަންޒިލަކީ ވެސް މާގިރި ހޮޓެލް އަށް ވަނީ ވެފަ އެވެ.

ފަސް އަހަރު ތެރޭގައި މާގިރި ހޮޓެލްއަށް ކާމިޔާބީ އާއި މަގުބޫލުކަން
ފަސް އަހަރު ތެރޭގައި މާގިރި ހޮޓެލްއަށް ކާމިޔާބީ އާއި މަގުބޫލުކަން

ފަސް އަހަރުގެ ކުރު މުއްދަތުގައި ދިވެހިންނާއި، ފަތުރުވެރިންގެ ތަރުހީބާއި މަގުބޫލުކަން މާގިރި ހޮޓެލްއަށް ލިބިފައި ވަނީ މި ހޮޓެލްގެ މެހެންމާންދާރީ އަދާކުރުމުގެ ފުރިހަމަ ކަމުންނާއި ޖާގަ ތަނަވަސް، ހިތްގައިމު ރީތި ކޮޓަރިތަކާއި ލިބޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކަމުންނެވެ.

ފަސް އަހަރު ތެރޭގައި މާގިރި ހޮޓެލްއަށް ކާމިޔާބީ އާއި މަގުބޫލުކަން
ފަސް އަހަރު ތެރޭގައި މާގިރި ހޮޓެލްއަށް ކާމިޔާބީ އާއި މަގުބޫލުކަން

މި ހޮޓެލް ފަރުމާކޮށްފައިވަނީ މާލޭގެ ހަލަބޮލި މާހައުލުން އެއްކިބާވެ ތިބެ ޒިޔާރަތްކުރާ މެހެމާނުންނަށް ހިތްގައިމުކަން ގެނެސްދޭނެ ފަދަ ގޮތަކަށް ވަށައިގެންވާ ނޫކަނޑުގެ ގުދުރަތީ މަންޒަރު ފެންނާނެ ގޮތަށެވެ.
ހަތަރު ކެޓަގަރީއަކަށް ފެތޭގޮތަށް އެ ތަނުގައި ހުންނަ ޕްރިމިއާ ރޫމް، ސުޕީރިއާ ރޫމް، ޖޫނިއާ ސުއީޓް އަދި އެގްޒެކެޓިވް ސުއީޓްގެ ތެރެއިން ބޭނުން ފެންވަރެއްގެ ކޮޓަރިއެއް ހިޔާރު ކުރުމުގެ ފުރުސަތު އެ ތަނުގައި މަޑުކުރާ މެހެމާނުންނަށް ލިބެ އެވެ.

ފަސް އަހަރު ތެރޭގައި މާގިރި ހޮޓެލްއަށް ކާމިޔާބީ އާއި މަގުބޫލުކަން
ފަސް އަހަރު ތެރޭގައި މާގިރި ހޮޓެލްއަށް ކާމިޔާބީ އާއި މަގުބޫލުކަން

މި ހޮޓެލްއިން ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން އެންމެ ތިރީ ފްލޯގައި ކޮފީ ޝޮޕަކާއި ދެ ވަނަ ފްލޯ އާއި ރޫފްޓޮޕްގައި ރެސްޓޯރަންޓެއް ހުރެ އެވެ.

ފަސް އަހަރު ތެރޭގައި މާގިރި ހޮޓެލްއަށް ކާމިޔާބީ އާއި މަގުބޫލުކަން
ފަސް އަހަރު ތެރޭގައި މާގިރި ހޮޓެލްއަށް ކާމިޔާބީ އާއި މަގުބޫލުކަން

މާގިރި ހޮޓެލްގެ ތިރީ ފްލޯގައި ހުންނަ "ކޮފީ ކާވް" އަކީ ސޭންޑްވިޗް ފަދަ ލުއި ކެއުމާއި ކަރުހިއްކުން ފިލުވާލުމަށް އެކި ވައްތަރުގެ ކޮފީ، ޖޫސް އަދި ސައި ލިބެން ހުންނަ ކޮފީ ޝޮޕެކެވެ.

ތަފާތު އެކި ކެއުންތަކާއި ބުފޭތަކަށް އެ ހޮޓެލްގައި ހާއްސަ ކޮށްފައި ވަނީ ދެ ވަނަ ފްލޯގައި ހުންނަ "ފަރު" ރެސްޓޯރަންޓެވެ. އެ ރެސްޓޯރަންޓުގެ މެންދުރާއި ރޭގަނޑުގެ ބުފޭއަށް ދިވެހިންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް އޮވެ އެވެ.

އެ ރެސްޓޯރަންޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތައް ހިމަނައިގެން 'ތީމް ބުފޭ ނައިޓްސް' ގެ ގޮތުގައި ހަފްތާ ބަންދަށް ހާއްސަ ބުފޭ ތަކެއް އެ ތަނުން ލިބޭނެ އެވެ. އެގޮތުން ކޮންމެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ރޭގަނޑު އިންޑިއަން، ތައި އަދި ސްރީލަންކަން ރަހަތައް ހިމެނޭ ގިނަ ކެއުންތަކެއް ބުފޭއިން ލިބޭނެ އެވެ.

މާގިރި ހޮޓެލްގެ ރޫފްޓޮޕްގައި ހުންނަ "ޕީކް" ރެސްޓޯރަންޓަކީ ދިވެހިންނާއި، ހޮޓެލްއަށް ޒިޔާރަތް ކުރާ މެހެމާނުންގެ ހޫނު ތަރުހީބެއް ލިބޭ ތަނެކެވެ.

އޮފީސްތަކާއި ކުންފުނިތަކުން ބާއްވާ ހާއްސަ ހަފްލާތަކާއި ކައިވެނި ޕާޓީތަކަށް ވެސް މި ތަނަކީ ގިނަ ބައެއް ހިޔާރު ކުރާ ތަނެކެވެ. އިންޑިއަން، ތައި އަދި ބޭރުގެ އެކި ރަހަތަކަށް ހާއްސަ މި ތަނަކީ ޑިމާންޑު ބޮޑު، މާލެއިން ފާހަގަ ކޮށްލެވޭ ރެސްޓޯރަންޓެކެވެ.

"ޕީކް" ރެސްޓޯރަންޓުން ލިބެން ހުންނަ އިންޑިއަން މެނޫގެ ޑިޝްތަކަކީ މި ތަން ގިނަ ބަޔަކަށް ހާއްސަވާ އެއް ސަބަބެވެ. މެނޫގައި ހިމެނޭ އެ ކެއުންތަކަކީ މާލޭގެ ރެސްޓޯރަންޓުތަކުން އާއްމުކޮށް ތަޖުރިބާ ކުރަން ނުލިބޭ، ހަގީގީ އިންޑިއަން ރަހަތަކުން މުއްސަނދިވެފައިވާ ކެއުންތަކެކެވެ.

ރޯދަމަހަށް ތައްޔާރުވާ ދުވަސްވަރު މާހެފުމާއި ރޯދަ މަހު ރޯދަވިއްލުމާއި ތަރާސްވީސް ގަޑީގެ ކެއުމަށް ބޭރަށް ދާ ގިނަ ބަޔަކު އުޅޭ އިރު، އެކަމަށް މާގިރި ހޮޓެލްއިން ކޮންމެ އަހަރަކު ވެސް ދުރާލާ ތައްޔާރު ވެ އެވެ.

މާގިރި ހޮޓެލްގައި ކޯޕަރޭޓް މީޓިންތަކަށް ހާއްސަ މީޓިން ރޫމާއި ކޮންފެރެންސް ހޯލު ވެސް ހުރެ އެވެ. މި ތަނުގައި އޮފީސްތަކާއި އެކި މުވައްސަސާތަކުން ވޯކްޝޮޕާއި ރަސްމިއްޔާތުތަކާއި ބޯޑް މީޓިންތައް ފަދަ ބައްދަލުވުންތަކާއި އިވެންޓުތައް ބާއްވަ އެވެ.

މާގިރި ހޮޓެލްގެ ހިދުމަތްތަކާއި ތަނުގެ ފުރިހަމަކަމުގެ ސަބަބުން 2021 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ޓްރިޕް އެޑްވައިޒާ ޓްރެވެލާސް ޗޮއިސް އެވޯޑު ވަނީ ލިބިފަ އެވެ. އަދި 2022 ވަނަ އަހަރުގެ ސާޓާ އެވޯޑުގައި ބެސްޓް ސިޓީ ހޮޓެލް އެވޯޑާއި ލީޑިން ބިޒްނަސް ހޮޓެލް އެވޯޑު ވެސް މާގިރި ހޮޓެލްއަށް ލިބިފައި ވެ އެވެ.

މާގިރި ހޮޓެލްގެ ކާމިޔާބީގެ އެންމެ އިސް ދައުރެއް އަދާ ކުރަނީ އެ ތަނުގެ މުވައްޒަފުންގެ އަގުވަޒަންކޮށް، މުވައްޒަފުންނަށް ދެމުންދާ ކުރިއެރުމެވެ. މި ހޮޓެލް ހުޅުވައި، ހިދުމަތްތައް ފެށުމުގެ ކުރިން ހޮޓެލްގައި ތިބި އަސާސީ ފެންވަރުގެ ދިވެހި އަދި ބިދޭސީ މުވައްޒަފުން ތަމްރީނުކޮށް އިސް މަގާމުތަކަށް ވަނީ ޕްރޮމޯޓްކޮށްފަ އެވެ.

ހޮޓެލްއިން ދެމުންދާ ފުރިހަމަ ހިދުމަތްތަކާއި ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުން ފާހަގަކޮށްލެވޭ އެކި ޝަހުސިއްޔަތުންގެ ހޮވުމަކަށް ވެސް މި ހޮޓެލް ވަނީ ވެފަ އެވެ. ހޮޓެލް އަށް ޒިޔާރަތް ކުރި ފާހަގަކޮށްލެވޭ މެހެމާނުންގެ ތެރޭގައި ރާއްޖެއަށް ޓޫރިޒަމް ތައާރަފްކުރުމުގައި އިސް ދައުރެއް އަދާ ކުރެއްވި ޖޯޖް ކޯބިން އާއި މަޝްހޫރު ފުޓުބޯޅަ ތަރި ރޮނާލްޑީނިއޯ ހިމެނެ އެވެ.

މާގިރި ހޮޓެލްގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ އެ ހޮޓެލް ހުޅުވި ދުވަހުން ފެށިގެން މަސައްކަތް ކުރަމުން ދަނީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.

"އަމާޒަކީ އެންމެ ރަނގަޅު ހޮސްޕިޓާލިޓީ ހިދުމަތްތައް ދޭ ހޮޓެލްއަށްވުން. އަދި މި ތަނުން އަޅުގަނޑުމެން ދޭ ހިދުމަތްތަކުގެ ކޮލިޓީ މެއިންޓެއިން ކުރުން. އަޅުގަނޑުމެން ވަރަށް ފަހުރުވެރިވޭ މި ދިޔަ ކުރު މުއްދަތުގައި ވެސް އާއްމުންނާއި ބޭރު ފަރާތްތަކުގެ މެދުގައި މަގުބޫލު، އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ތަނަކަށް މި ހޮޓެލް ވީތީ،" އޭނާ ވިދާޅުވި އެވެ.

މި ހޮޓެލްގެ ކާމިޔާބީއަށް އާއްމުންގެ ފަރާތުން ލިބެމުންދާ ތަރުހީބު ފާހަގަކޮށް މުޖުތަމައަށް ފައިދާކުރަނިވި ހަރަކާތްތަކެއް ހިންގުމަށް ސީއެސްއާރު ޕްރޮގްރާމްތަކެއް ވަނީ ފަށާފަ އެވެ. އެ ޕްރޮގުރާމުތަކުގެ ދަށުން ބްލަޑް ޑޮނޭޝަން މަންތު ފާހަގަކުރުމަށް ލޭ ހަދިޔާ ކުރުމާއި އެކަމަށް އަހުލުވެރިކުރުމުގެ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

މާގިރި ހޮޓެލްގެ އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެ ހޮޓެލްއިން ދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ފުރިހަމަކޮށް، ހޮޓެލްއަށް ލިބިފައިވާ މަގުބޫލުކަން ދެމެހެއްޓުމަށް މަސައްކަތްތައް ކުރުމެވެ. އަދި މާގިރި ހޮޓެލްއަކީ ލީޑިން ބިޒްނަސް ހޮޓެލްގެ ގޮތުގައި އޮތުމަށް މަސައްކަތް ކުރުމެވެ.

ނޯޓު: މިއީ މާގިރި ހޮޓެލްގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.