މޮރިއޭރޯގެ ހުރީ އިޓަލީގެ މެންޓަލިޓީ، އެކަމަކު ރާއްޖޭގެ ތައްޔާރުވުން ހުރީ އެގޮތަކަށް ނޫން
މޮރިއޭރޯގެ ހުރީ އިޓަލީގެ މެންޓަލިޓީ، އެކަމަކު ރާއްޖޭގެ ތައްޔާރުވުން ހުރީ އެގޮތަކަށް ނޫން

އިއްޔެ ފެށި ސާފް ޗެމްޕިއަންޝިޕްގެ ޕްރީ ޓޯނަމެންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން، ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނީ އޭނާ ގެންގުޅެނީ އިޓަލީގެ ފުޓްބޯޅައިގެ ވިސްނުން ކަމަށެވެ. ނަމަވެސް އެ މެންޓަލިޓީ ރާއްޖެއާ އަޅައިކިޔަން ވެއްޖެނަމަ ތަފާތުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މޮރިއޭރޯގެ ހުރީ އިޓަލީގެ މެންޓަލިޓީ، އެކަމަކު ރާއްޖޭގެ ތައްޔާރުވުން ހުރީ އެގޮތަކަށް ނޫން
މޮރިއޭރޯގެ ހުރީ އިޓަލީގެ މެންޓަލިޓީ، އެކަމަކު ރާއްޖޭގެ ތައްޔާރުވުން ހުރީ އެގޮތަކަށް ނޫން

ދެން އޭނާ ބުނި އަނެއް ވާހަކައަކީ ރާއްޖޭގެ ކޯޗުކަމުގައި ހޭދަ ކުރާ މި ދެ އަހަރުގެ މުއްދަތުގައި، ދިވެހި ކުޅުންތެރިންގެ މެންޓަލިޓީ ބަދަލު ކުރުމުގައި ކުރި އެރުންތަކެއް އޭނާ އަށް ހޯދިއްޖެ ކަމަށެވެ.

މޮރިއޭރޯގެ ހުރީ އިޓަލީގެ މެންޓަލިޓީ، އެކަމަކު ރާއްޖޭގެ ތައްޔާރުވުން ހުރީ އެގޮތަކަށް ނޫން
މޮރިއޭރޯގެ ހުރީ އިޓަލީގެ މެންޓަލިޓީ، އެކަމަކު ރާއްޖޭގެ ތައްޔާރުވުން ހުރީ އެގޮތަކަށް ނޫން

"އަހަރެން ގެންގުޅެނީ އިޓަލީގެ [ފުޓްބޯޅައިގެ] މެންޓަލިޓީ. އެކަމަކު ރާއްޖެއާ އޭތި އަޅާކިޔާއިރު ތަފާތު ވާނެ. ޒުވާން ކުޅުންތެރިންނާ އެކު ރަނގަޅު މެންޓަލިޓީ އަކަށް އެ ކުޅުންތެރިން ގެންދަން އަހަންނަށް މަސައްކަތް ކުރެވިއްޖެ،" އިޓަލީ އިންޓަ މިލާނަށް ކުރިން ކުޅުނު މޮރިއޭރޯ ބުންޏެވެ.

އެކަމަކު މުބާރާތަށް ރާއްޖެއިން ވީ ތައްޔާރީތަކުގައި އެ ވިސްނުން މޮރިއޭރޯ ގެންގުޅެފައިވޭތޯ ކުރިން ގައުމީ ޓީމުގައި މަސައްކަތް ކުރި ބޭރުގެ ތަޖުރިބާކާރަކު "މިހާރު" އާ ވާހަކަ ދައްކަމުން ސުވާލު އުފެއްދި އެވެ.

"މުހިންމު މުބާރާތަކަށް ތައްޔާރުވި އިރު ރާއްޖެއިން ނެތް އެކުވެރިކަމުގެ މެޗެއް ވެސް ކުޅެފައެއް. އެހެން ޓީމުތައް ތައްޔާރުވި ގޮތުގެ މައުލޫމާތު އަހަރެން އެއް ކުރިން. އެހެން ޓީމުތައް މުބާރަތަށް ދިޔައީ ފްރެންޑްލީ މެޗުތައް ކުޅެފައި،" އޭނާ ބުންޏެވެ.

ޖަޕާނުގައި ކުރިއަށްގެންދިޔަ 10 ދުވަހުގެ ޓްރޭނިން ކޭމްޕްގައި ގައުމީ ޓީމުން، އެ ތަނުގެ ކްލަބަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން މަސައްކަތް ކުރި ކަމަށް ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު ބުންޏެވެ. އެކަމަކު އޭނާ ބުނި ގޮތުގައި އެ މެޗު ނުކުޅެވުނީ ބޯ ވިއްސާރައިގެ ސަބަބުން، ދެ ޓީމާއި މެޗުގެ ރެފްރީން ވެސް މެޗު ކުޅެވޭނެ ހާލަތެއް ނެތް ކަމަށް ބުނުމުންނެވެ.އިޓަލީގެ

އެކަމަކު ގައުމީ ޓީމުގެ މައުލޫމާތުތައް އެނގޭ މީހަކު ބުނީ، ޕްރެކްޓިސް މެޗެއް ޖަޕާނުގައި ކުޅެން ވެސް ޕްލޭންކޮށްފައި ނެތް ކަމަށެވެ.

"އަނެއްކަމަކީ ކޯޗު ބޭނުމެއް ނުވޭ ކޮންމެހެން މެޗެއް ކުޅޭކަށް ވެސް. ބުނެލާއިރަކަށް މެޗެއް ކުޅޭކަށް ޖަޕާނުގެ ކްލަބެއް ނާންނާނެ. ދުރާލައި އިންވައިޓްކޮށްގެން އެ މީހުންނަށް ވެސް ވަގުތު ދިގެން މިކަހަލަ މެޗެއް ކުޅެން އަންނާނީ،" އޭނާ ބުންޏެވެ.

"މެޗެއް ކުޅެން ބޭނުންވިނަމަ ކްލަބަކާ ދެކޮޅަށް ޕްރެކްޓިސް މެޗެއް ނޫންތާ ކުޅެން މަސައްކަތް ކުރާނީކީ ވެސް. މުބާރާތުގެ ކުރިން މިދިޔައީ ފީފާގެ ޑޭޓްސްތަކެއް. އެ ވަގުތު އިންޓަނޭޝަނަލް ފްރެންޑްލީއަކަށް ނޫންތަ ކޯޗު ވިސްނަން ވާނީ؟ އެކަމަކު ކޯޗު މެޗު ކުޅެން ބޭނުން ނުވީ."

މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ޕްރެކްޓިސް މެޗެއް ވެސް ކުޅެނުލާ، ދިޔަ ހަމައެކަނި ގައުމަކީ ރާއްޖެ އެވެ. މިއަދު ދިވެހި ޓީމާ ދެކޮޅަށް ނުކުންނަ ބޫޓާންގެ ގައުމީ ޓީމުން ވެސް ވަނީ ކަލްކަތާގައި ކޭމްޕްކޮށް އެ ސިޓީގެ ކްލަބްތަކާ ދެކޮޅަށް ޓްރޭނިން މެޗުތަކެއް ކުޅެފަ އެވެ.

މުބާރާތަށް މެޗެއް ނުކުޅެ ދިޔަޔަސް، އޭގެ އަސަރު ރާއްޖޭގެ ޓީމަށް ނުކުރާނެ ގޮތަކަށް މޮރިއޭރޯ ވަނީ ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ މުބާރާތަށް ހާއްސަކޮށް މެޗެއް ނުކުޅުނު ކަމުގައި ވިޔަސް އޭގެ ކުރިން ރާއްޖެއިން ކުޅުނު އެކުވެރިކަމުގައި މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައިވުމުން، ޓީމާ މެދު އޭނާ އަށް އިތުބާރު އެބައޮތް ކަމަށެވެ.

މާޗް މަހު ރާއްޖެއިން ވަނީ ޕާކިސްތާނާ ދެކޮޅަށް ލ. ގަމުގައި އެކުވެރި ކަމުގެ މެޗެއް ކުޅެފަ އެވެ. އަދި މިދިޔަ އަހަރު ފަހު ކޮޅު ،މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ވެސް ކުޅުނެވެ. އަދި އޭގެ ކުރިން ލާއޯސް އާއި ބުރުނާއީ ދާރުއްސަލާމާ ދެކޮޅަށް ވެސް ރާއްޖެއިން ބުރުނާއިގައި މެޗުތަކެއް ކުޅުނެވެ.

ރާއްޖެ އާއި ބޫޓާން ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ އިރުއޮއްސި 7 ޖަހާއިރު އެވެ. އޭގެ ކުރިން ގުރޫޕް ބީ ގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝާއި ލުބުނާން ނުކުންނާނެ އެވެ. އެ މެޗު އޮންނާނީ ރާއްޖޭ ގަޑިން މެންދުރު ފަހު 3 ޖަހާއިރު އެވެ.