މިއަދުގެ ރީތި ތާރީހުގައި މާލޭގައި 43 ކައިވެނި
މިއަދުގެ ރީތި ތާރީހުގައި މާލޭގައި 43 ކައިވެނި

މާލޭގައި މިއަދު 43 ކައިވެނި ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

ރީތި ތާރީހުތަކުގައި ގިނަ ކައިވެނިތައް ކުރެ އެވެ. މިއަދު ކައިވެނި ގިނަވީ 23/06/23 ގެ ތާރީހު ރީތިވުމުންނެވެ.

ފެމިލީ ކޯޓުން ބުނި ގޮތުގައި އިއްޔެ އާއި މިއަދު 87 ކައިވެނި ވަނީ ކޮށްދީފަ އެވެ. އެއީ މިއަދު ކުރި 43 ކައިވެންޏާއި އިއްޔެ ކޮށްދިން 44 ކައިވެންޏެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ މީހުން ކައިވެނި ކޮށްފައި ވަނީ އިއްޔެ އެވެ.

މިއަދުގެ ތާރީހާ ގުޅުވައި މާލޭގައި 58 ކައިވެނި ކުރާއިރު، ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް ގިނަ ބަޔަކު ކައިވެނި ކުރާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އެ ހިސާބުތަކެއް ލިބޭނެ ގޮތެއް ނެތެވެ.

މިދިޔަ އަހަރު މާލޭގައި އެއް ދުވަހެއްގައި އެންމެ ގިނަ ކައިވެނި ކުރީ 22/12/2022ގެ ތާރީހުގަ އެވެ. އެ ދުވަހު މާލޭގައި 58 ކައިވެނި ކުރި އެވެ. އޭގެ ކުރީ އަހަރު 21/12/2021ގެ ތާރީހުގައި މާލޭގައި 57 ކައިވެނި ކުރި އެވެ.