06 ޖުލައި 2023 - 17:49

ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީން ކުރުމަށް 200 ސްކޮލާޝިޕް ފުރުސަތު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ދީފި އެވެ.
ސަރުކާރުން ހަރަދުކުރާ ގޮތަށް އެ ސްކޮލާޝިޕަށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ ސްކޮލާޝިޕްތައް ދެނީ ދެ ކެޓެގަރީއަކުންނެވެ.
އެއީ ޕަބްލިކް ސެކްޓާއަށް ހުޅުވާލައިގެން ދިން 50 ޖާގަ އާއި އޯޕަން ކެޓެގަރީއަށް ހުޅުވާލާ 152 ޖާގަ އެވެ.
އެ ސްކޮލާޝިޕް ސްކީމް ހާއްސަކޮށްފައިވަނީ އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓިފައިޑް އެކައުންޓެންޓްސް (ACCA) އަދި ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (CIMA) ދާއިރާއަށެވެ.
- ރަޖިސްޓްރީކުރުމުގެ ފީ / ރީ-ރަޖިސްޓްރޭޝަން ފީ
- އެނުއަލް ސަބްސްކްރިޕްޝަން ފީ
- އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޝަން ފީ
- އެގްޒާމް ފީ
- މެމްބާޝިޕް ފީ (2 އަހަރު ދުވަހުގެ ތެރޭގައި ދަރިވަރު ނިމޭކަމުގައިވާ ނަމަ)
- އެޕްލިކޭޝަން ފީ
- ބުކް އެލަވަންސް
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވާސިޓީތަކުން ކިޔަވާނަމަ ޓިއުޝަން ފީ
- އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި އެހެން ހުރިހާ ހަރަދެއް
މިނިސްޓްރީން ބުނީ ސްކޮލާޝިޕަށް ހޮވުނު ބައިވެރިން ދެ އަހަރު ދުވަސް ތެރޭ ކިޔަވައި ނިންމަން ޖެހޭނެ ކަމަށާއި ކިޔަވައި ނިންމުމަށްފަހު ދެ އަހަރު ދުވަހަށް ރާއްޖޭގައި ހިދުމަތް ކުރަން ޖެހޭނެ ކަމަށެވެ
މިއީ އެ ދާއިރާއިން ސްކޮލާޝިޕަށް ހުޅުވާލި ދެވަނަ ބުރެވެ. ފުރަތަމަ ބުރުގައި 173 ކުދިންނަށް ވަނީ ސްކޮލާޝިޕް ދޫކޮށްފަ އެވެ. އެ ކުދިން މިހާރު އަންނަނީ ކިޔަވަމުންނެވެ.