ކަންގަނާ ހުށަހެޅި މައްސަލައަކާ ގުޅިގެން ޖާވިދު އަކްތަރު ކޯޓަށް ހާޒިރުވާން އަންގައިފި
ކަންގަނާ ހުށަހެޅި މައްސަލައަކާ ގުޅިގެން ޖާވިދު އަކްތަރު ކޯޓަށް ހާޒިރުވާން އަންގައިފި

ބޮލީވުޑްގެ ތަރި، ކަންގަނާ ރަނާއުތު ހުށަހެޅި މައްސަލައަކާ ގުޅިގެން، ބޮލީވުޑްގެ ލިރިސިސްޓް، ޖާވިދު އަކްތަރު ކޯޓަށް ހާޒިރުވާން އިއްޔެ އަންގައިފި އެވެ.

ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، ބޮންބޭގެ މެޖިސްޓްރޭޓް ކޯޓަކުން ޖާވިދަށް އެންގީ އެތަނުން ބަލާ މައްސަލައަކާ ގުޅިގެން އަންނަ މަހު ހަތަރެއްގައި ކޯޓަށް ހާޒިރުވުމަށެވެ. އެއީ 2020 ވަނަ އަހަރު ކަންގަނާ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ކަންގަނާ އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ، ރިތިކް ރޯޝަންއާ ދެމެދު 2016 ވަނަ ޖެހުނު މައްސަލަ ބޮޑުވުމުން، ޖާވިދު ވެސް އެ މައްސަލަގަނޑުގެ ތެރެއަށް ވަނެވެ. ޖާވިދު ކަންގަނާ އަށް ގުޅައި، އޭނާއަށް ނަސޭހަތް ދޭން ބޭނުންވާ ކަމަށް ބުނެ އެ ގެއަށް ދިއުމަށް އެދުނެވެ. އެހެންވެ، ކަންގަނާ އެ ގެއަށް ދިޔަ އެވެ.

އޭގެ ފަހުން ކަންގަނާ ބުނި ގޮތުގައި، އޭނާ އާއި ރިތިކްއާ ޖެހުނު މައްސަލައިގެ ވާހަކަ އާންމު ތަންތަނުގައި ނުދައްކަން ޖާވިދު އިންޒާރު ދިނެވެ. އިންޒާރު ދިން ވާހަކަ ބުނުމުން ޖާވިދު ކަންގަނާއާ ދެކޮޅަށް އަނބުރަށް އަރައިގަތުމުގެ ދައުވާ ކުރި އެވެ. އަދި ކަންގަނާ ވެސް ޖާވިދާ ދެކޮޅަށް ދައުވާ ކުރަން ހުށަހެޅި އެވެ.

ޖާވިދު ކޯޓަށް ހާޒިވާން އެންގީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށެވެ.

ކަންގަނާ، ޖާވިދަށް ދެ ދައުވާއެއް ކުރެ އެވެ. އެއީ ބިރުދެއްކުމާއި އަންހެނެއްގެ އަނބުރަށް އަރައިގަތުމުގެ ދައުވާ އެވެ.