04 އޯގަސްޓް 2023 - 08:42

އިންޑިއާގެ ސުޕަސްޓާރު، ރަޖްނީކާންތުގެ ކުރިއަށް އޮތް ތަމަޅަ ފިލްމު "ރަޖްނީ ދަ ޖެއިލާ"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
ރަޖްނީކާންތުގެ ފިލްމެއް ސިނަމާއަށް މި ގެންނަނީ ދެ އަހަރަށް ފަހު އެވެ. މިއީ ހަމަ އޭނާގެ ސްޓައިލްގެ ވަރުގަދަ ތަޅާފޮޅާ މަންޒަރުތައް ހިމެނޭ ފިލްމެކެވެ.
ޓްރެއިލާއިން އެނގޭ ގޮތުގައި އޭނާ މި ފިލްމުގައި ކުޅެނީ ފުލުހެއްގެ ރޯލެވެ.
"ރަޖްނީ ދަ ޖެއިލާ"ގައި ރަޖްނީކާންތުއާ އެކު މުހިންމު ރޯލުތަކުން ފެންނާނީ ތަމަންނާ ބާޓިއާ އާއި ޖެކީ ޝްރޮފް އެވެ.
އެ ފިލްމުގެ ލަވަ "ކަވާލާ" އަށް ވެސް ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
ނެލްސަން ދިލިޕްކުމާރް ޑައިރެކްޓުކުރާ މި ފިލްމަކީ ރަޖުނީކާންތުގެ ސްޓައިލްގެ އެކްޝަން ކޮމެޑީއެކެވެ.
މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށަނީ މި މަހު 10 ގަ އެވެ.