08 އޯގަސްޓް 2023 - 14:34

އެމްޕީއެލް އިން ބާއްވާ އެންޓަޕްރައިސް ރިސްކް މެނޭޖްމަންޓް ފޯރަމް 2023 ގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.
އެ ފޯރަމުގައި ޕްރިމިއަމް ސްޕޮންސަރެއްގެ ގޮތުގައި އެ ކުންފުނިން ސޮއިކުރީ އަސާސީ ހިދުމަތްތައް ދޭ ދާއިރާތައް ކުރިއެރުވުމަށް އެކި ކުންފުނިތަކާއި ޖަމިއްޔާތަކަށް އެއްބާރުލުން ދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށް ދިރާގުން ބުންޏެވެ.
މާދަމާ ފަށާ ފޯރަމްގެ މި އަހަރުގެ ޝިއާރަކީ 'ގްލޯބަލް ރިސްކްސް، ލޯކަލް އިމްޕްލިކޭޝަންސް: ނެވިގޭޓިން ތުރޫ ދިސް ކޭއޮސް' އެވެ.
މި ޝިއާރުގެ ދަށުން ވަޒީފާ އަދި ވިޔަފާރި މާހައުލުގައި ކުރިމަތިވާ ތަފާތު ރިސްކްތަކާއި ރިސްކް މެނޭޖްމެންޓްގައި ބޭނުންކުރާ އެންމެ ފަހުގެ އުކުޅުތަކާއި ގޮތްތައް އަދި އެންމެ ޒަމާނީ ޓްރެންޑްތަކާއި ބެހޭ މައުލޫމާތު ދިނުމާއި މަޝްވަރާ ކުރިއަށް ދާނެ ކަމަށް ދިރާގުން ބުންޏެވެ.
ދެ ދުވަހުގެ މުއްދަތަށް ވިލާ ނޯޓިކާ ޕެރަޑައިސް މޯލްޑިވްސް ރިސޯޓްގައި ބާއްވާ ކޮންފަރެންސްގައި ކީނޯޓް ސްޕީކާ ސެޝަންތަކާއި އިންޓަރެކްޓިވް ވޯކްޝޮޕްތަކާއި ޕެނަލް ޑިސްކަޝަންތަކާއި ނެޓްވޯކިން ސެޝަންތައް މެދުވެރިކޮށް، އިންޑަސްޓްރީގެ އިސްވެރިންނާއި ރިސްކް މެނޭޖްމަންޓް ސްޕެޝަލިސްޓުންނާ އެކު ވާހަކަ ދައްކައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.