ފޯޖަރީ މައްސަލައެއްގައި ސްޓެޕް އައްޔަ ހޯދަން އިއުލާންކޮށްފި
ފޯޖަރީ މައްސަލައެއްގައި ސްޓެޕް އައްޔަ ހޯދަން އިއުލާންކޮށްފި

ފުލުހުން ބަލަމުން އަންނަ ފޯޖަރީ މައްސަލައެއްގެ ތަހުގީގަށް ކުރީގެ މަޝްހޫރު ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެފް އައްޔަ) ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ އަލީ ޝާހިދު 43، ހޯދަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލަމުން އަންނަ ފޯޖަރީގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

"...ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރަމެވެ،" ފުލުހުން ބުންޏެވެ.

އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް އޭނާ ހާޒިރުވާން ޖެހެނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ.

މިދިޔަ އަހަރު ވެސް ސިވިލް ކޯޓުން ބެލި މައްސަލައަކާ ގުޅިގެން ސްޓެޕް އައްޔަ ހޯދަން އިއުލާންކުރި އެވެ.