17 އޯގަސްޓް 2023 - 13:11

އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ކެމްޕޭނުގައި ހދ. އަދި ށ. އަތޮޅު ގިނަ ރަށްތަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.
ގާސިމްގެ ރިޔާސީ ކެމްޕޭންގައި، އަތޮޅުތެރެ އަށް ކުރައްވާ ފުރަތަމަ ދަތުރު ފައްޓަވަނީ މާދަމާ ހދ. އަތޮޅުންނެވެ.
އެ އަތޮޅަށް ކުރައްވާ ދަތުރުގައި މަކުނުދު އާއި ނޮޅިވަރަމާއި ނޮޅިވަރަމްފަރާއި ހަނިމާދޫ އަދި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ ކަމަށް ޖޭޕީން ބުންޏެވެ.
ށ. އަތޮޅުން އޭނާ ވަޑައިގަންނަވާނީ ކަނޑިތީމާއި ގޮއިދު އާއި ކޮމަންޑު އާއި ފުނަދު އާއި މިލަންދޫ އަދި ފޯކައިދު އަށެވެ.
ހދ. އަތޮޅުގެ ދަތުރުގައި ކުޅުދުއްފުށީގައި މާދަމާ ރޭ ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ. ށ. އަތޮޅުގެ ބޮޑު ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ފޯކައިދޫގައި ކަމަށް ޖޭޕީން ބުންޏެވެ.
އެ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ، އެ ދެ އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުގައި ކޮންމެ ރަށަކަށް ގާސިމް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ގާސިމް ކުރައްވާ ކެމްޕޭނުގައި އދ. މާމިގިލީގައި ވަނީ ޖަލްސާއެއް ބާއްވައިފަ އެވެ.
ގާސިމްގެ މެނިފެސްޓޯގައި ހިމެނޭ އެކިއެކި ދާއިރާތަކުން މައުލޫމާތު ހިއްސާކުރަން ޖޭޕީން އަންނަނީ ފޯރަމް ތަކާއި ޕެނަލްތައް ބާއްވަމުންނެވެ.