24 އޯގަސްޓް 2023 - 19:46

ސިފައިންގެ ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއާޓަރު ހދ. ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ސިފައިންގެ ނޮދަން އޭރިއާ ކޮމާންޑުގެ ހެޑްކުއާޓަރު ހަނިމާދުއަށް ބަދަލުކުރާތީ، އެކަން ފާހަގަކުރުމުގެ ގޮތުން އުތުުރުގެ ފަސް ރަށެއްގައި ސިފައިންގެ މިލިޓަރީ ޕެރޭޑެއް ވެސް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ސިފައިންގެ ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއާޓަރު މިހާރު ހިންގަމުން އަންނަނީ ޅ. މާފިލާފުށީގަ އެވެ.
އެމްއެންޑީއެފުން ބުނީ އެ މުނާސަބަތުގައި މާދަމާ އިން ފެށިގެން، އަންގާރަ ދުވަހުގެ ނިޔަލަށް އުތުރުގެ ފަސް ރަށެއްގައި ޕެރޭޑު ބާއްވާނެ ކަމަށެވެ. މި ޕެރޭޑު ބާއްވަނީ ހަނިމާދޫގެ އިތުރުން ހއ. ދިއްދޫ، ހއ. އިހަވަންދޫ، ހދ. ކުޅުދުއްފުށި އަދި ހދ. ނޮޅިވަރަންފަރުގަ އެވެ.
އެ ހުރިހާ ރަށެއްގައި ވެސް ޕެރޭޑް ފަށާނީ ހަވީރު 4:30 ގަ އެވެ.
ޕެރޭޑަށް ފަހު ސިފައިންނާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.