ދިރާގުން 149ރ. އަށް ފަސް ދުވަހަށް 100ޖީބީ ޑޭޓާ ދެނީ
ދިރާގުން 149ރ. އަށް ފަސް ދުވަހަށް 100ޖީބީ ޑޭޓާ ދެނީ

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 149ރ. އަށް 100ޖީބީ ޑޭޓާ ފަސް ދުވަހުގެ މުއްދަތަށް ލިބޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން ބުނި ގޮތުގައި މިއީ އެ ކުންފުނިން ދާދި ފަހުން ތައާރަފްކުރި 100ޖީބީ ޑޭޓާ ޕެކްގައި ހިމެނޭ އޮފާއެކެވެ. ސަތޭކަ ޖީބީގެ ޑޭޓާ ލިބޭ އިތުރު އޮފާތަކުގެ ތެރޭގައި ހިމެނެނީ:

- ތިން ދުވަހަށް 100ރ. އަށް 100 ޖީބީގެ ޑޭޓާ

- ހަތް ދުވަހަށް 225ރ. އަށް 100 ޖީބީގެ ޑޭޓާ

- 15 ދުވަހަށް 400ރ. އަށް 100 ޖީބީގެ ޑޭޓާ

- 21 ދުވަހަށް 550ރ. އަށް 100 ޖީބީގެ ޑޭޓާ

- 30 ދުވަހަށް 750ރ. އަށް 100 ޖީބީގެ ޑޭޓާ

ދިރާގުން ބުނި ގޮތުގައި މި ޕެކުތަކާއި އެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ގޭމްކުޅެ، މިއުޒިކް ސްޓްރީމްކޮށް، ފިލްމް ނުވަތަ ސީރީޒް ބަލާލެވޭނެއެވެ.

މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް އެކްޓިވޭޓު ކުރެވޭނެ އެވެ.