31 އޯގަސްޓް 2023 - 12:39

އުރީދޫއިން ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައި ހުޅުވާ އެ ކުންފުނީގެ އާ ހެޑް އޮފީހަށް ހާއްސަކޮށް ސޯޝަލް މީޑިއާ ކެމްޕެއިނެއް ފަށައިފި އެވެ.
މި ކެމްޕެއިންގެ ދަށުން "މަވެސް އުރީދޫ" ހޭޝްޓެގުގައި ފޮޓޯ އާއި ވީޑިއޯ ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ. ސޯޝަލް މީޑިއާގައި މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދާ މި ކެމްޕެއިނުގައި ޓިކްޓޮކް، އިންސްޓަގްރާމް، ފޭސްބުކް އަދި ޓުވިޓާގައި ޕޯސްޓުކޮށްގެން ބައިވެރިވެވޭނެ އެވެ.
މި މުބާރާތުގައި އެންމެ މޮޅު ފޮޓޯ އަދި އެންމެ މޮޅު ވީޑިއޯ ހޮވުމަށް ވަނީ ނިންމައިފަ އެވެ. ދެ ކެޓަގަރީއިން ވެސް ހޮވޭ އެންމެ މޮޅު މީހަކަށް އިނާމެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ އިންސްޓަ360 އެކްސް3 އެކްޝަން ކެމެރާއެކެވެ.
މުބާރާތުގައި ބައިވެރިކުރާ ޕޯސްޓުތަކަކީ އަމިއްލަ ކޮންޓެންޓަށް ވާންޖެހޭނެ އެވެ. އަދި ޕޯސްޓަކީ ޕަބްލިކް ސެޓިންގައި ކުރާ ޕޯސްޓަކަށް ވާން ޖެހޭނެ އެވެ. ޕޯސްޓުކުރާ އިރު MavesOoredoo# ހޭޝްޓެގު ބޭނުން ކުރަންވާނެ އެވެ.
ފޮޓޯ ކެޓަގަރީގައި މާކްސް ދޭ މިންގަނޑަކީ:
- އިމްޕެކްޓަށް 20 ޕަސެންޓު
- ލައިޓިންއަށް 20 ޕަސެންޓު
- ކޮލެޓީ އަށް 10 ޕަސެންޓު
- ޕޯސްޓަށް ލައިކް އާއި ޝެއާ ލިބޭ މިންވަރަށް 10 ޕަސެންޓު
- ކޮމްޕޮޒިޝަނަށް 20 ޕަސެންޓު
- އޮރިޖިނަލިޓީއަށް 20 ޕަސެންޓު
ވީޑިއޯ ކެޓަގަރީގައި މާކްސް ދޭ މިންގަނޑަކީ:
- އިމްޕެކްޓަށް 20 ޕަސެންޓު
- ސްޓޯރީ ޓެލިންއަށް 25 ޕަސެންޓު
- ޓެކްނިކަލް ކޮލެޓީއަށް 20 ޕަސެންޓު
- އޮރިޖިނަލިޓީއަށް 25 ޕަސެންޓު
- ޕޯސްޓަށް ލައިކް އާއި ޝެއާ ލިބޭ މިންވަރަށް 10 ޕަސެންޓު
މި މުބާރާތުގެ ޖަޖުންނަކީ ރައީސް އޮފީހުގެ ފޮޓޯގްރަފަރު އަދި އިމެޖަސް އެމްވީގެ ސީއޯއޯ މުހައްމަދު ޝަރުހާން އާއި އުރީދޫ މޯލްޑިވްސްގެ ސީނިއާ އެގްޒެކެޓިވް ބްރޭންޑް އަބްދުﷲ ހަފީޒް އާއި އުރީދޫ މޯލްޑިވްސްގެ ސީނިއާ އެގްޒެކެޓިވް ބްރޭންޑް އަލީ އަހުމަދު އެވެ.
މި މުބާރަތް ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.