ޝަރީއަތް ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ 232 ކިލޯ ޑްރަގް ނައްތާލައިފި
ޝަރީއަތް ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ 232 ކިލޯ ޑްރަގް ނައްތާލައިފި

ވޭތުވެދިޔަ ފަސް އަހަރު އެކި މައްސަލަތަކުގައި ފުލުހުން އަތުލައިގަތް ޑްރަގްގެ ތެރެއިން ޝަރީއަތް ނިމިފައިވާ މައްސަލަތަކުގެ ޑްރަގް މިއަދު ނައްތާލައިފި އެވެ.

ޝަރީއަތް ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ 232 ކިލޯ ޑްރަގް ނައްތާލައިފި
ޝަރީއަތް ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ 232 ކިލޯ ޑްރަގް ނައްތާލައިފި

ފުލުހުން ބުނީ މިއަދު ނައްތާލި 232 ކިލޯއަށް ވުރެ ގިނަ ޑްރަގަކީ 2018 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެގޮސްފައި ހުރި ޑްރަގް ކަމަށެވެ.

ޝަރީއަތް ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ 232 ކިލޯ ޑްރަގް ނައްތާލައިފި
ޝަރީއަތް ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ 232 ކިލޯ ޑްރަގް ނައްތާލައިފި

ދޫނިދޫގައި މިއަދު ނައްތާލާފައި ވަނީ 1،509 މައްސަލައަކާއި 659 އިންސިޑެންޓުގައި ހިމެނޭ 4،405 އެވިޑެންސް ކަމަށް ފުލުހުން ބުންޏެވެ.

- އެމްޑީއެމްއޭ 1495.97 ގްރާމް

- މެތު 37953.49 ގްރާމް

- މޯފިން 90860.86 ގްރާމް

- ކެނަބިނޯލް 30266.87 ގްރާމް

- ކޮކެއިން 17830.90 ގްރާމް

- އެލްއެސްޑީ 0.1142 ގްރާމް

- ސްޓިމިއުލަންޓާއި މަނާ ބޭހުގެ ގޮތުގައި ހިމެނޭ 54145.42 ގްރާމް

ފުލުހުން ބުނީ އެ ތަކެތީގެ އަގު 368 މިލިއަން ރުފިޔާ އަށްވުރެ ގިނަވާނެ ކަމަށެވެ.

ޑްރަގު ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ޑްރަގުގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ ޑްރަގް ވީއެންމެ އަވަހަކަށް ނައްތާލަ އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ހެޑް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ ކުރިއަށްދާ މައްސަލަތަކުގެ ބޭނުމަށް އަދި ވިއްސަކަށް ކިލޯގެ މަސްތުވާތަކެތި ކިލޯގެ ނައްތާ ނުލައި ހުރި ކަމަށެވެ. އެ މައްސަލަތައް ނިމުނުހާ އަވަހަކަށް އެ ތަކެތި ވެސް ނައްތާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.