10 އޮކްޓޯބަރ 2023 - 13:36

ބީއެމްއެލްއިން ކެންސާ ސޮސައިޓީއާ ގުޅިގެން ބާއްވާ "ޕިންކް ރިބަން ރަން ވޯކް" ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
މި ހަރަކާތަކީ އާއްމުންގެ މެދުގައި ކެންސަރަށް އޮތް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް އޮންނާނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ހޮނިހިރު ދުވަހު ހަވީރު ހަތަރެއް ޖަހާ އިރު އެވެ.
މިމ ހަރަކާތުގެ ބިބް މަޖީދީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފް ސްޓައިލް ފިހާރަ އާއި ބޮޑުތަކުރުފާނު މަގުގައި ހުންނަ ހަމީދިއްޔާ އާއި ހުޅުމާލޭގައި ހުންނަ ސޮނީ ސްޕޯޓްސް ފިހާރައިން ލިބޭނެ އެވެ.
މި އިވެންޓު އެކި ރަށްރަށުގައި ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އިވެންޓު ބާއްވާ ރަށްރަށުން ވެސް ބިބް ލިބެން ހުންނާނެ އެވެ.
"ޕިންކް ރިބަން ރަން ވޯކް" އަކީ 2016 ވަނަ އަހަރު ބީއެމްއެލްއިން ބާއްވަން ފެށި ހަރަކާތެކެވެ.