ހުވާ ކުރުމުގެ ޖަލްސާގެ އިންތިޒާމްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފި
ހުވާ ކުރުމުގެ ޖަލްސާގެ އިންތިޒާމްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން ރައްޔިތުންގެ މަޖިލީހާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ހުވާ ކުރުމުގެ ޖަލްސާގެ އިންތިޒާމްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފި
ހުވާ ކުރުމުގެ ޖަލްސާގެ އިންތިޒާމްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފި

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ކަންކަން ބަލަހައްޓަވާ ޑިރެކްޓާ އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މަޖިލީހުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އާއި އިދާރީ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މަޖިލީހުގެ މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު ވިދާޅުވީ އެ ބައްދަލުވުމުގައި ނޮވެމްބަރު 17 ވާ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައި ޖަލްސާ ބާއްވަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ދައުވަތު ދޭނެ ބޭފުޅުންގެ ލިސްޓުތައް މަޖިލީހަށް ހަވާލު ކުރުމަށާއި އެހެނިހެން އިންތިޒާމްތަކާ ގުޅޭ ގޮތުން ދެ ފަރާތުން މަޝްވަރާ ކުރެއްވި ކަމަށް ޒިޔާއު ވިދާޅުވި އެވެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހުވާ ކުރެއްވީ ނޮވެމްބަރު 17، 2018 ގަ އެވެ. ނަމަވެސް ގާނޫނީ ގޮތުން އެ ފުރުސަތު އޮތް ނަމަ ނޮވެމްބަރު 11 އަށް ދައުރު ކުރުކޮށްލައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.