އިލާލާ އިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދެނީ
އިލާލާ އިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދެނީ

ފިރިހެނުންނަށް ހާއްސަ ހެދުން ވިއްކާ ފިހާރަ އިލާލާ އިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަނުގައި ހިމަނާފައި ވަނީ ގާމެންޓް އައިޓަމްތަކެވެ. އިލާލާގެ މާލޭގައި ހުންނަ ފިހާރަތަކާއި ހުޅުމާލެ ފިހާރައިގައި ވެސް މި މަހުގެ ނިޔަލަށް ޕްރޮމޯޝަން ކުރިއަށް ގެންދާނެ އެވެ.

ފިރިހެނުންނަށް ހާއްސަ އިލާލާ ފިހާރަ އަކީ ފިރިހެނުންގެ ރަސްމީ އަދި ނުރަސްމީ އެކި ވައްތަރުގެ ގިނަ އައިޓަމްތަކެއް ލިބެން ހުންނަ ފިހާރަ އެކެވެ. އެ ފިހާރައިގައި، ކެޝުއަލް އާއި އޮފިޝަލް ގަމީހާއި ޕްލެއިން އަދި ޕެޓާން ގަމީހުގެ އިތުރުން އެކި ވައްތަރުގެ ޓީޝާޓާއި ޖިންސާއި ފަޓުލޫނާއި ސޯޓާއި ފިރިހެނުންނަށް ހާއްސަ އެސެސަރީ ވެސް ލިބެން ހުރެ އެވެ.

އިލާލާގައި އެ ފިހާރައިގެ އަމިއްލަ ބްރޭންޑް "ކައުރީ"ގެ ގަމީހާއި އެސަސަރީޒް ހުރެ އެވެ.