ޓޫރިސްޓުން ތިބި ޔޮޓެއްގައި ރޯވެ އަނދައިފި، އެންމެން ސަލާމަތްވި
ޓޫރިސްޓުން ތިބި ޔޮޓެއްގައި ރޯވެ އަނދައިފި، އެންމެން ސަލާމަތްވި

ރިޒް ކާލްޓަން ރިސޯޓު ކައިރީގައި އޮތް ޔޮޓެއްގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދައިފި އެވެ.

ޓޫރިސްޓުން ތިބި ޔޮޓެއްގައި ރޯވެ އަނދައިފި، އެންމެން ސަލާމަތްވި
ޓޫރިސްޓުން ތިބި ޔޮޓެއްގައި ރޯވެ އަނދައިފި، އެންމެން ސަލާމަތްވި

އެމްއެންޑީއެފުން ބުނީ އެ ޔޮޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފަޔާ އެންޑް ރެސްކިއު ސާވިސަށް ލިބުނީ 7:30 ހާއިރު ކަމަށެވެ. އަދި ޔޮޓުގައި ތިބި ޓޫރިސްޓުންނާއި ކުރޫއިން އެހެން ލޯންޗަކަށް ނަގާފައިވާ ކަމަށާއި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ޔޮޓުގެ ގެގަނޑުގެ ބޮޑު ބައެއްގައި ރޯވެ އޮތީ އަނދައިފަ އެވެ.

އެއީ ކިހިނެއް ހިނގަން މެދުވެރި ހާދިސާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.