ކަޔާން ޒަކީ ފަހަތަށް ޖައްސާލައި ނޫހް ސީދާ ތިންވަނަ ބުރަށް
ކަޔާން ޒަކީ ފަހަތަށް ޖައްސާލައި ނޫހް ސީދާ ތިންވަނަ ބުރަށް

މިއަހަރުގެ ދިވެހި ސާފް ލީގުގެ ޖޫނިއާ ބައިގައި އަލަށް ވާދަކުރަމުން އަންނަ ނޫހް މުހައްމަދު ދުނެއިމް އިރުޝާދު، ރަންނަމާރި ޗެލެންޖުގައި ވާދަކުރި ފުރަތަމަ ބުރުގެ ހީޓުގައި ޔޫސުފް ކަޔާން ހަމްދާން ޒަކީ ފަހަތަށް ޖައްސާލައި ހީޓު ކާމިޔާބުކޮށް، ސީދާ ތިންވަނަ ބުރުން ޖާގައެއް ހޯދައިފި އެވެ.

ކަޔާން ޒަކީ ފަހަތަށް ޖައްސާލައި ނޫހް ސީދާ ތިންވަނަ ބުރަށް
ކަޔާން ޒަކީ ފަހަތަށް ޖައްސާލައި ނޫހް ސީދާ ތިންވަނަ ބުރަށް

އިއްޔެ ފެށި ޖޫނިއާ ކެޓެގަރީގެ ފުރަތަމަ ބުރުގެ ދެވަނަ ހީޓު ނޫހް ކާމިޔާބު ކުރީ ޖުމްލަ 9.50 ޕޮއިންޓް ހޯދައިގެންނެވެ. އޭނާގެ ތިންވަނަ ރާޅަށް 5.17 ޕޮއިންޓް ހޯދި އެވެ. ހަތަރުވަނަ ރާޅަށް 4.33 ޕޮއިންޓް ހޯދި އެވެ. މިދިޔަ އަހަރުގެ ލީގުގައި ޖޫނިއާ ރޭންކިންގެ އެއްވަނައިގައި ނިންމި ކަޔާން ޒަކީ އަށް ލިބުނީ ޖުމްލަ 5.50 ޕޮއިންޓެވެ.

ކަޔާން ޒަކީ ފަހަތަށް ޖައްސާލައި ނޫހް ސީދާ ތިންވަނަ ބުރަށް
ކަޔާން ޒަކީ ފަހަތަށް ޖައްސާލައި ނޫހް ސީދާ ތިންވަނަ ބުރަށް

މިއީ ނޫހް، ސާފް ލީގުގައި ވާދަކުރާ ފުރަތަމަ އަހަރެވެ. މިވަގުތު އޭނާ އޮތީ ލީގު ރޭންކިންގެ ނުވަވަނައިގަ އެވެ. އޭނާ ފުރަތަމަ ވާދަ ކޮށްފައި ވަނީ ޖޫން މަހު ކ. ހިންމަފުށީގައި ބޭއްވި ގާމާދޫކޮޅު މުބާރާތުގަ އެވެ. އެއަށް ފަހު ޖުލައި މަހު ކ. ތުލުސްދޫގައި އޮތް ރަންދާ ރާޅުގަނޑުގައި ވެސް ވާދަކުރި އެވެ. ދެ މުބާރާތުގެ ޖޫނިއާ ބައިން ވެސް ކުއާޓާ ފައިނަލަށް ނޫހް ދަތުރުކުރި ނަމަވެސް ހީޓެއްގެ އެއްވަނަ ހޯދިފައެއް ނުވެ އެވެ.

މިމަހު ބޭއްވި ސީ ސްޕޯޓްސް ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގައި ވެސް ނޫހް ވާދަކުރި އެވެ. ޖޫނއިާ ޗެމްޕިއަންޝިޕްގައި ނޫހް ވަނީ ވާދަކުރި ދެ އުމުރުފުރާ ކަމަށްވާ 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ ސެމީ ފައިނަލްގައި ވާދަކޮށް، ދެ އުމުރުފުރާގެ ވެސް ތިންވަނަ ހޯދައިފަ އެވެ.

މިއަހަރުގެ ލީގުގައި މުޅިން އަލަށް ޖޫނިއާ ޗެމްޕިއަން ހޮވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިވަގުތު ރޭންކިންގެ އެންމެ ކުރީގައި އޮތް ކަޔާން އަބްދުﷲ އަރީފް ވަނީ ފުރަތަމަ ހީޓުގައި ޖުމްލަ 11.07 ޕޮއިންޓް ހޯދައިގެން ތިންވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. އޭނާގެ ދެވަނަ ރާޅަށް 5.67 ޕޮއިންޓް ހޯދިއިރު، ޖެހިގެން އެޅި ރާޅަށް 5.40 ޕޮއިންޓް ހޯދި އެވެ. މި ހީޓުގެ ދެވަނައަށް ދިޔަ މުހައްމަދު އިނާން އަބްދުލް ހަންނާނަށް ލިބުނީ ޖުމްލަ 10.86 ޕޮއިންޓެވެ.

އިނާންގެ ފުރަތަމަ ރާޅަށް 7.33 ޕޮއިންޓް ހޯދި އެވެ. ދެވަނައަށް އެންމެ ރަނގަޅު ސްކޯ އެއް ހޯދީ ފަސްވަނަ ރާޅަށެވެ. އެއީ 3.53 ޕޮއިންޓެވެ. މި ހީޓުގެ ތިންވަނައަށް ދިޔައީ 7.67 ޕޮއިންޓް ހޯދި މުހައްމަދު ޒަޔާން (ޗޮއްޕު) އެވެ.

ފުރަތަމަ ބުރުގެ ފަހު ހީޓުގައި ޖުމްލަ 8.83 ޕޮއިންޓް ހޯދައިގެން ހީޓް ކާމިޔާބުކުރީ، ކަޔާން އަރީފަށް ވުރެ 10 ޕޮއިންޓް މަދުން ލިބިގެން މިވަގުތު ރޭންކިންގެ ދެވަނައިގައި އޮތް ޔަސީން އަހުމަދު ނާޝިދެވެ. ޔަސީންގެ އެންމެ ރަނގަޅު ދެ ރާޅަށް ވަނީ 5.50 ޕޮއިންޓަކާއި 3.33 ޕޮއިންޓް ހޯދައިފަ އެވެ. ހީޓްގެ ދެވަނައަށް ދިޔައީ 7.37 ޕޮއިންޓް ހޯދި ސައްޔިދު ސަލާހުއްދީނެވެ. ތިންވަނައަށް ދިޔަ އަހުމަދު އާލް އާދިލް އަށް 3.23 ޕޮއިންޓް ލިބުނުއިރު އަހުމަދު ނާހިލް އަށް ލިބުނީ 3.04 ޕޮއިންޓެވެ.

ފުރަތަމަ ބުރުގެ ތިން ހީޓު ވެސް ކާމިޔާބުކުރި ތިން އެތުލީޓުން ސީދާ ތިންވަނަ ބުރުގެ ޖާގައެއް ޔަގީން ކުރިއިރު، ދެން ތިބި އެތުލީޓުން ދެވަނަ ބުރުގައި ވާދަކުރާނެ އެވެ. ދެވަނަ ބުރުގައި ތިން ހީޓު ކުރިއަށް ގެންދާއިރު، ތިންވަނަ ބުރަށް ދާނީ ކޮންމެ ހީޓަކުން އެންމެ މަތިން ސްކޯ ކުރާ ދެ އެތުލީޓުންނެވެ.