އަތޮޅުވެއްސަށް ގެންދިޔަ މީހަކު މޫދަށް ފުންމާލައިފި
އަތޮޅުވެއްސަށް ގެންދިޔަ މީހަކު މޫދަށް ފުންމާލައިފި

މައްސަލައަކާ ގުޅިގެން ހައްޔަރުކުރި މީހަކު އަތޮޅުވެއްސަށް ގެންދިޔަ މަގުމަތީގައި ފިލައި، މޫދަށް ފުންމާލައިގެން އުޅެނިކޮށް އޭނާ އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

އަތޮޅުވެއްސަށް ގެންދިޔަ މީހަކު މޫދަށް ފުންމާލައިފި
އަތޮޅުވެއްސަށް ގެންދިޔަ މީހަކު މޫދަށް ފުންމާލައިފި

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާ އަތޮޅުވެއްސަށް ގެންދިޔަ ފުލުހުންގެ ވެހިކަލުން އަތޮޅުވެހި ކައިރި އަށް ބޭލިތަނުން ދުވެފައި ގޮސް މޫދަށް ފުންމާލި އެވެ. އަދި އޭނާ ފަތާފައި ދިޔައީ ކަނޑަށެވެ. ފުލުހުން ވަގުތުން ދެ ލޯންޗެއްގައި ގޮސް އޭނާ ކަނޑުން ނެގި އެވެ. އޭރު އޭނާ އޮތީ ތޮށިގަނޑާ މާ ދުރަކު ނޫނެވެ.

އަތޮޅުވެއްސަށް ގެންދިޔަ މީހަކު މޫދަށް ފުންމާލައިފި
އަތޮޅުވެއްސަށް ގެންދިޔަ މީހަކު މޫދަށް ފުންމާލައިފި

އެކަމަކު ފުލުހުންގެ ބަހެއް ނުލިބޭތީ އެއީ ކޮން މައްސަލައެއްގައި ހައްޔަރުކޮށް ގެނައި މީހެއް ކަމެއް ސާފެއް ނުވެ އެވެ.

އޭނާ ސަލާމަތް ކުރަން ތިން ފުލުހަކު މޫދަށް ވެސް ފުންމާލި އެވެ.