"މޫމޫ"ގެ އަހަރީ ސޭލްގައި އުމްރާ ދަތުރެއް ދެނީ
"މޫމޫ"ގެ އަހަރީ ސޭލްގައި އުމްރާ ދަތުރެއް ދެނީ

ކުޑަކުދިންގެ އެއްޗެހި ވިއްކާ ފިހާރަ "މޫމޫ"ގެ އަހަރީ ސޭލްގެ ލަކީޑްރޯއިން ހޮވޭ ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދޭން އެ ފިހާރައިން ނިންމައިފަ އެވެ.

"މޫމޫ"ގެ އަހަރީ ސޭލްގައި އުމްރާ ދަތުރެއް ދެނީ
"މޫމޫ"ގެ އަހަރީ ސޭލްގައި އުމްރާ ދަތުރެއް ދެނީ

އެ ފިހާރައިން ބުނީ މި މަހުގެ އެއް ވަނަ ދުވަހު ފެށި އަހަރީ ސޭލަކީ އަހަރު ނިމުމާ ދިމާކޮށް، އެ ތަނުން ވިއްކާ ގިނަ ޕްރޮޑަކްޓުތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ ގޮތުން ފެށި ސޭލެއް ކަމަށެވެ. އެގޮތުން މި ސޭލްގައި އެ ތަނުން ވިއްކާ ގިނަ ޕްރޮޑަކްޓުތަކަކުން ޑިސްކައުންޓު ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

"މޫމޫ"ގެ އަހަރީ ސޭލްގައި 80 ޕަސެންޓާ ހަމައަށް އެކި ޕްރޮޑަކްޓުތަކުން ޑިސްކައުންޓު ލިބޭނެ އެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ.

"މޫމޫ" ފިހާރައިގައި ކުޑަކުދިންނަށް ހާއްސަ އާޓް ސަޕްލައި އާއި އެކި އުމުރުތަކުގެ ކުދިންނަށް ހާއްސަ، ކުޅޭ އެއްޗެހި ހުރެ އެވެ. އަދި މި ފިހާރައިގައި ކުޑަކުދިންނަށް ހާއްސަ "އައިކިއާ" ބްރޭންޑުގެ ފަރުނީޗަރާއި ގޮދަޑި އަދި ބެޑްޝީޓު ފަދަ ތަކެތި އެ ތަނުން ލިބެން ހުރެ އެވެ.

"މޫމޫ"ގައި ކުޑަކުދިންގެ ހެދި ބޮޑުވުމުގައި ބޭނުންވާނެ އެކި ޕްރޮޑަކްޓުތަކާއި ބެލެނިވެރިންނަށް ހާއްސަ ޕްރޮޑަކްޓުތައް ވެސް ހުރެ އެވެ.

"މޫމޫ" އަކީ ދާދި ފަހާޖެހެންދެން އޮންލައިންކޮށް ހިންގި ވިޔަފާރި އެކެވެ. "މޫމޫ"ގެ ފިހާރަ ހުޅުވީ ސެޕްޓެމްބަރު މަހު އެވެ. މި ފިހާރައިން ޑެލިވަރީގެ ހިދުމަތް ވެސް ދެ އެވެ.