ޓެކާސް ގްރޭޓާ މާލޭ ކަޕް: ނޮކައުޓް ބުރު ފަށަނީ
ޓެކާސް ގްރޭޓާ މާލޭ ކަޕް: ނޮކައުޓް ބުރު ފަށަނީ

ހުޅުމާލެ ރެހެންދި ޓާފް ދަނޑުގައި ކުރިއަށްދާ މިއަހަރުގެ ޓެކާސް ގްރޭޓާ މާލޭ ކަޕްގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ނިމި، ނޮކައުޓް ބުރުގެ މެޗުތައް މާދަމާ ރޭ ފަށަން ތައްޔާރު ވެއްޖެ އެވެ.

ޓެކާސް ގްރޭޓާ މާލޭ ކަޕް: ނޮކައުޓް ބުރު ފަށަނީ
ޓެކާސް ގްރޭޓާ މާލޭ ކަޕް: ނޮކައުޓް ބުރު ފަށަނީ

ޖުމްލަ 24 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެން ފެށި މި މުބާރާތުގެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވަނީ ގަދަ 16 އިން ފުރުސަތު ލިބިފަ އެވެ. ހަމަ އެއާ އެކު ކޮންމެ ގުރޫޕަކުން ވެސް ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރޭން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމަކަށް ވެސް ގަދަ 16 ގެ ފުރުސަތު ލިބިފައި ވެއެވެ.

ގަދަ 16 ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާރޭ އަދި ބުރާސްފަތި ދުވަހުގެ ރެއެވެ.

ނޮކައުޓް ބުރަށް ދިޔަ ޓީމުތަކުގެ ތެރެއިން ތިން ޓީމެއް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ ގުރޫޕް އޭގެ ސްކުއަޑްރާ، ގުރޫޕް ބީގެ ރެމްޕޭޖް އަދި ގުރޫޕް ޑީގެ އައްޔަނި އެފްސީ އެވެ.

ހަމަ އެއާ އެކު ގުރޫޕް ސީގެ ތިން ޓީމެއް ވަނީ ކުޅުނު ތިން މެޗުން ވެސް ބަލި ނުވެ ގުރޫޕް ސްޓޭޖް ނިންމާލައިފަ އެވެ. އެއީ އެއް މެޗުން މޮޅުވެގެން، ދެ މެޗު އެއްވަރު ކޮށްލައިގެން ގުރޫޕްގެ އެއްވަނަ އަދި ދެވަނަ ހޯދި ބީޖީ ސްޕޯޓްސް އާއި ގާފަރު އެފްޓީގެ އިތުރުން، ތިން މެޗު ވެސް އެއްވަރު ކުރި ގޯޓް އެފްސީ އެވެ. ނަމަވެސް މި ގުރޫޕްގެ ތިންވަނަ ހޯދި ގޯޓް އެފްސީ އަށް ގަދަ 16 އިން ފުރުސަތެއް ނުލިބުނެވެ.

• 13 ޑިސެމްބަރު، 19:50 : ސްކުއަޑްރާ - ރެޑް ބެރެލްސް

• 13 ޑިސެމްބަރު، 20:50 : ބީޖީ ސްޕޯޓްސް ކްލަބް - އެފްސީ ކާމްސް

• 13 ޑިސެމްބަރު، 21:50 : އެލްއެފް ސްޕޯޓްސް ކްލަބް - ޖޭޖޭ ސްޕޯޓްސް ކްލަބް

• 13 ޑިސެމްބަރު، 22:50 : ފަސްތަރި އެސްސީ - ބުރު ސްޕޯޓްސް ކްލަބް

• 14 ޑިސެމްބަރު، 19:50 : ރެމްޕޭޖް - ދި ވަން އެސްސީ

• 14 ޑިސެމްބަރު، 20:50 : އައްޔަނި އެފްސީ - ގާފަރު އެފްޓީ

• 14 ޑިސެމްބަރު، 21:50 : ކްލަބް ޓީނޭޖް - ހަލަބޮލި ޔުނައިޓެޑް

• 14 ޑިސެމްބަރު، 22:50 : ކެލާ އެފްޓީ - ފަސްގަނޑު އެސްސީ