ޑރ. މުއިއްޒު، މަޑުމަޑުން ހުންނަވައި އަހަރުގެ އެންމެ ކާމިޔާބު ސިޔާސީ ލީޑަރަށް!
ޑރ. މުއިއްޒު، މަޑުމަޑުން ހުންނަވައި އަހަރުގެ އެންމެ ކާމިޔާބު ސިޔާސީ ލީޑަރަށް!

މި އަހަރު ފެށިއިރު، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ އޭރު އެ ޕާޓީގެ އެއް ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އަޑު ފެތުރިފައި އޮތެވެ. އެކަމަކު، ޖެނުއަރީ މަހުގެ ތެރޭގައި އެ އަޑުތަކަށް ފުރަތަމަ ފަހަރަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ ފާޑުފާޑުގެ ޕޯލްތައް ހަދާނެ ކަމެއް ނެތް ކަމާއި ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އެއީ އޭރުގެ ހާލަތެވެ.

ޑރ. މުއިއްޒު، މަޑުމަޑުން ހުންނަވައި އަހަރުގެ އެންމެ ކާމިޔާބު ސިޔާސީ ލީޑަރަށް!
ޑރ. މުއިއްޒު، މަޑުމަޑުން ހުންނަވައި އަހަރުގެ އެންމެ ކާމިޔާބު ސިޔާސީ ލީޑަރަށް!

ފަހުން ވިދާޅުވީ، ވެރިކަމަށް ކުރިމަތިލައްވާނީ ޔާމީނަށް ފުރުސަތު ބަންދުވާ ހާލަތުގައި އެކަނި ކަމަށެވެ. އެއްވެސް ކެންޑިޑޭޓަކު ޕީޕީއެމް/ޕީއެންސީން ނުނެރެފި ނަމަ އެ ކޯލިޝަނަށާއި މުޅި ގައުމަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކޮށްދިނުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު، މަޑުމަޑުން ހުންނަވައި އަހަރުގެ އެންމެ ކާމިޔާބު ސިޔާސީ ލީޑަރަށް!
ޑރ. މުއިއްޒު، މަޑުމަޑުން ހުންނަވައި އަހަރުގެ އެންމެ ކާމިޔާބު ސިޔާސީ ލީޑަރަށް!

އަހަރު ނިމިގެން މިއަދާ ހަމައަށް އައިއިރު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ސިޔާސީ މަންޒަރު އެނބުރި، ގައުމުގެ އެންމެ އިސް ގޮނޑިއާ ހަމައަށް މުއިއްޒު ވަޑައިގަތީ މަޑުމަޑުން ހުންނަވައިގެން، ވަރަށް ހިކުމަތްތެރިކަމާ އެކު އެވެ. ސިޔާސީ މަސްރަހުގައި ހޭދަކުރެއްވި ކުރު މުއްދަތާ އަޅާބަލާއިރު މި ވަރުގެ ކުރިއެރުމެއް މުއިއްޒު ހޯއްދަވަފާނެ ކަމަކަށް، ސިޔާސީ މައިދާނުގައި ތިއްބެވި އިސްވެރިން ވެސް ގަބޫލެއް ނުކުރައްވަ އެވެ. ސިޔާސީ ގިނަ ޕޯޑިއަމްތަކުގައި މާ އަޑުގަދައެއް ނުކުރައްވަ އެވެ. ފޯރި އަރުވައި ސިޔާސީ އެހެން ބޭފުޅުން އުޅުއްވާ ގޮތަކަށް ވެސް ނޫޅުއްވަ އެވެ. ޕޯޑިއަމްތަކުން ޖާގަ ހޯއްދަވާކަށް ނޫޅުއްވަ އެވެ. އިވިވަޑައިގަންނަވާ އަޑުތަކަށް ރައްދެއް ވެސް ނުދެއްވަ އެވެ.

ޑރ. މުއިއްޒު، މަޑުމަޑުން ހުންނަވައި އަހަރުގެ އެންމެ ކާމިޔާބު ސިޔާސީ ލީޑަރަށް!
ޑރ. މުއިއްޒު، މަޑުމަޑުން ހުންނަވައި އަހަރުގެ އެންމެ ކާމިޔާބު ސިޔާސީ ލީޑަރަށް!

މުއިއްޒަކީ މީގެ 12 އަހަރުގެ ކުރިން އަދާލަތު ޕާޓީން ސިޔާސީ މަސައްކަތަށް ނުކުމެވަޑައިގެންނެވި ބޭފުޅެކެވެ. އޭގެ ފަހުން 2012 ވަނަ އަހަރު އޭރު އޮތް ވެރިކަން ވެއްޓި ދެން އެކުލަވާލި ސަރުކާރުން އަދާލަތު ޕާޓީއަށް ލިބުނު ސްލޮޓްގައި ކެބިނެޓަށް ވަޑައިގެންނެވި އެވެ. ހައުސިން މިނިސްޓަރުގެ ގޮތުގައި އެ ސަރުކާރުގައި އެ މަނިކުފާނު ކުރެއްވި މަސައްކަތް ބަލައިގަނެ، އެއާ ޖެހިގެން އައި ޔާމީންގެ ސަރުކާރުން އެ މަގާމުގައި މުއިއްޒު ދެމެހެއްޓެވި އެވެ.

ޑރ. މުއިއްޒު، މަޑުމަޑުން ހުންނަވައި އަހަރުގެ އެންމެ ކާމިޔާބު ސިޔާސީ ލީޑަރަށް!
ޑރ. މުއިއްޒު، މަޑުމަޑުން ހުންނަވައި އަހަރުގެ އެންމެ ކާމިޔާބު ސިޔާސީ ލީޑަރަށް!

ޖުމްލަ ހަތް އަހަރު މުއިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވިއިރު ރާއްޖޭގެ މީގެ ކުރިން ނުދެކޭ ވަރުގެ ބޮޑެތި އުމްރާނީ މަސައްކަތްތައް އެ މުއްދަތުގައި އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ އެވެ. ޔާމީންގެ ވެރިކަން ނިމި، ޔާމީނާ އެކު ޝަރީއަތްތަކަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ވެސް މުއިއްޒު ހިމެނެ އެވެ. މަނީލޯންޑްރިންގެ މައްސަލާގައި ޔާމީން ޖަލަށްލުމާ އެކު، ޕާޓީގެ އެތެރޭގައި ވަރަށް އިސްކޮށް މުއިއްޒު މަސައްކަތް ކުރައްވަން ވެސް ފެއްޓެވި އެވެ.

ޔާމީން ޖަލަށް ވަޑައިގެންނެވި ފަހުން ޕީޕީއެމްގެ އެތެރޭގައި އުފެދުނު ދެ ފެކްޝަންގެ ތެރެއިން އެއް ފެކްޝަން ނިސްބަތްވީ ވެސް މުއިއްޒަށެވެ. މުއިއްޒުއާ ގާތް ބޭފުޅުންނާއި ތާއިދު ކުރައްވާ ބޭފުޅުން އިސްވެ ޕާޓީގެ ކޮންޓްރޯލް ނެގުމަށް މަސައްކަތް ކުރަމުންދިޔަ ކަމަށް އޭރު ވެސް ތުހުމަތު އޮތެވެ. އެ މަސައްކަތް އޭރު، އެހެން ބައެއް ބޭފުޅުން ވެސް ޕާޓީގެ ތެރެއިން ކުރަމުން ގެންދެވި އެވެ. ޕާޓީގެ ލީޑަޝިޕްގައި އޭރު ތިއްބެވި ހުރިހާ ބޭފުޅުންގެ ވެސް އަމާޒަކަށް ވެފައި އޮތީ ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ރިޔާސީ ޓިކެޓް ހޯދުމެވެ.

އެ މަސައްކަތުގައި އެހެން ބޭފުޅުންނަށް ވުރެ ސްޕީޑް ބާރުކޮށް މުއިއްޒު ކުރިއަށް ވަޑައިގެންނެވި އެވެ. ނަތީޖާއަކަށް ވީ، އެ މަނިކުފާނަށް ޕާޓީގެ ތެރެއިން ހުރަސްތައް ކުރިމަތިވާން ފެށުމެވެ. ޕާޓީގެ ލީޑަޝިޕުން މުއިއްޒު އެއް ފަރާތް ކުރަން މަސައްކަތް ކުރިއިރު، "އެކަހެރިކޮށްފައި" ވެސް ހުއްޓެވެ. ނަމަވެސް، މުއިއްޒު ފަހަތަށް ޖެހިވަޑައިނުގެންނެވި އެވެ. އެންމެ ފަހުން ޔާމީން އަންގަވައިގެން މުއިއްޒުގެ މައްސަލަ ޕާޓީން ބަލަން ފެށި އެވެ.

އެމަނިކުފާނާ ގުޅޭ ގޮތުން ޕީޕީއެމް އިން ބަލަން ފެށީ ޔާމީނަށް ދީފައިވާ ރިޔާސީ ޓިކެޓާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ. އެ މައްސަލާގައި މުއިއްޒުގެ ގާތް ބޭފުޅެއް ކަމަށްވާ މިހާރު ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒަށް ތުހުމަތުކޮށް، އޭނާގެ މައްސަލަ ބަލަން އެންގެވީ އޭރު ޖަލަށް ލާފައި ހުރި ޔާމީންގެ އޯޑަރަށެވެ. އެކަމަކު، އެ ތުހުމަތުތައް ދޮގުކުރައްވައި އަދި ފިޔަވަޅު އެޅުމުގެ ކުރިން ޕީޕީއެމުން ވަކިވެވަޑައިގަތީ އެވެ.

"ބޮޑު ތަހުގީގެއް އެ މަނިކުފާނާ ދެކޮޅަށް ހިންގެވިއިރު ވެސް ހަމަ ވިދާޅުވި ކޮންމެ ފަހަރަކު ގަޑިއަކަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގެން ހުންނެވީ. އަޅުގަނޑަށް ފެނުނު އެ ހުރިހާ މަންޒަރެއް އެންމެ ކައިރިން. އަޅުގަނޑު އިންކާރު ވެސް ކުރިން އެގޮތަށް އެ ތަހުގީގުތަކަށް ނުދާން،" ފަރެސްމާތޮޑާ ދާއިރާގެ އޭރުގެ މެމްބަރު އަދި މިހާރުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވި އެވެ،

"އެއީ ހިތުގެ އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރައްވާ ބޭފުޅަކު އެތެރޭގައި ހިންގާ ތަހުގީގަކަށް އަބަދު ވަޑައިގެން ޖަވާބުދާރީވާން ޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން."

މި އަހަރުގެ އޭޕްރީލް މަހު މިކަން ހިނގިއިރު ޔާމީނަށް ޓިކެޓް ނުލިބޭނެ ކަން ވަރަށް ބޮޑަށް ކަށަވަރުވެފައި އޮތް ނަމަވެސް، އެކަމާ ގުޅޭ ގޮތުން ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު ވާހަކައެއް ނުދައްކަވަ އެވެ. ވިދާޅުވަމުން ގެންދެވީ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ. އެކަމަކު، ޕާޓީގެ އެންމެ ބާރުގަދަ ގުނަން، ސެނެޓްގެ ކޮންޓްރޯލް ހޯއްދަވަން ކޮންމެ ބޭފުޅަކު ވެސް ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ. އެއީ ޔާމީން އިސްވެ ހުންނަވައި އެ މަނިކުފާނަށް ކޮންޓްރޯލް އޮންނާނެ ގޮތަށް އެކުލަވައިލެއްވި ސެނެޓެކެވެ.

މި އަހަރުގެ އޮގަސްޓް 3 ވަނަ ދުވަހަކީ މުއިއްޒު ކުރައްވަމުން ގެންދެވި މަސައްކަތް ފަރުދާގެ ކުރިމައްޗަށް ގެންނެވި ދުވަހެވެ. އޭރު ޔާމީންގެ ކެންޑިޑެންސީގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަނީ އެވެ. ޔާމީން އެންގެވީ އެ މަނިކުފާނަށް ކުރިމަތިނުލެއްވޭ ހާލަތަކަށް ޕްލޭން ބީއެއްގެ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓަކު ތައްޔާ ރުކުރުމަށެވެ. ޕީއެންސީން ކެންޑިޑޭޓަކު ނުހޮވައި ދެ ފަހަރަކަށް ޔާމީން ކެންޑިޑޭޓެއް ދެއްކުމަށް އެދުމުން ވެސް އެކަން އެގޮތަށް ނުކުރެއްވުމުން އެންމެ ފަހުން ޕީއެންސީގެ ސެނެޓްގައި ވޯޓެއް ނަގަން ނިންމި އެވެ.

ޕީއެންސީގެ ޓިކެޓް ހޯއްދަވަން މުއިއްޒު ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންސީއާ ގުޅިވަޑައިގަތެވެ. ޓިކެޓް ހޯއްދަވަން ވާދަކުރެއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފާ އެވެ. ސެނެޓްގައި ނެގި ވޯޓުން ދެ ވޯޓެއްގެ ތަފާތުން މުއިއްޒު ޓިކެޓް ޔަގީން ކުރެއްވި އެވެ. ޕީއެންސީގެ އިސް މަގާމެއްގައި ނެތި، އެ ޓިކެޓް މުއިއްޒު ހޯއްދެވުން ވީ ބައެއް މީހުންނަށް ހައިރާން ކުރުވަނިވި ނިންމުމަކަށެވެ. ނަމަވެސް އެއީ މުއިއްޒު "ސިއްރިއްޔާތުގައި" ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުގެ ނަތީޖާ އެވެ.

މިއާ އެކު ވެސް މުއިއްޒަށް ކާމިޔާބު ހޯއްދެވުނީއެއް ނޫނެވެ. ޕީޕީއެމްގެ ތެރޭގައި މަގުބޫލް ބޭފުޅެއް ކަމަށްވާ ހުުސެއިން މުހައްމަދު ލަތީފް ރަނިންމޭޓަކަށް ހަމަޖެއްސުމުން ވެސް އެ ޕާޓީން ތާއީދެއް ނުލިބެ އެވެ. ޕީޕީއެމްގެ އެހެން ބައެއް އިސް ބޭފުޅުން ވެސް ޓިކެޓް ބޭނުންވެފައި ތިބިއިރު އެއް ބަޔަކު ގަބޫލުކުރި ގޮތުގައި ޕީއެންސީ ޓިކެޓަކީ މުއިއްޒު ޕީޕީއެމުން ބޭރު ކުރަން ޖެހި "މަޅި" އެކެވެ. އެކަމަށް ބާރު ލިބެނީ ޔާމީނަށް ވާދަ ނުކުރެއްވޭ ކަމަށް ކަނޑައެޅުމާ އެކު، ޕްލޭންސީއެއްގެ ވާހަކަ އައުމެވެ. ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އޭރު ވިދާޅުވީ ޔާމީންގެ ބަދަލުގައި ކެންޑިޑޭޓެއް ނުކުންނަ ނަމަވެސް ނުކުންނާނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ކަމެވެ.

އޭރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވަނީ ކުށުގެ ރެކޯޑް ވެސް ސާފުކުރަން ވެސް ހުށަހަޅުއްވައިފަ އެވެ. ޔާމީނަށް ކުރިމަތިނުލެއްވޭނެ ކަމަށް ކަނޑައެޅުމުން ޕީޕީއެމްގެ އޮފީހަށް ވަހީދު ވަޑައިގެން ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެހުންނެވި އަބްދުއްރަހީމް އަބްދުﷲގެ ބަދަލުގައި ބައްދަލުވުމެއް ޗެއާ ކުރައްވަން ވެސް މަސައްކަތްޕުޅު ކުރެއްވި އެވެ. ނަމަވެސް، އާންމުކޮށް ވާހަކަ ނުދައްކައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ވެސް ޕީޕީއެމުގެ އެތެރޭން މުއިއްޒުގެ ދިފާއުގައި ނުކުންނެވި އެވެ. ކުޅޭކުޅޭ ކަމަކަށް ޓިކެޓް ނަހަދައި ޕީއެންސީން އިންތިހާބުގައި ވާދަކުރަން ގޮވާލެއްވި އެވެ.

އެއާ އެކު، ޔާމީންގެ ނޯޓެއް ޖަމީލު ގެންނެވި އެވެ. އެ ނޯޓްގައި އޮތީ ރިޔާސީ އިންތިހާބު ޕީޕީއެމް އިން ބޮއިކޮޓް ކުރުމަށެވެ. ހަގީގީ ސިޔާސީ ޓެސްޓާ މުއިއްޒު ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ އެހާ ހިސާބުންނެވެ. ކުރިމަތީ ހޫނުވެފައި އޮތް ސެނެޓްގެ ތާއިދު ޔަގީން ކުރަން މުއިއްޒަށް ކޮންމެހެން ބޭނުންތެރިވި އެވެ. ޕާޓީގެ ލީޑަރުގެ އެންގުވުމާ ދެކޮޅަށް މެޖޯރިޓީއެއް ހޯދުން ފަސޭހައެއް ނުވާނެކަން އެންމެންނަށް ވެސް އެނގެ އެވެ. އެކަމަކު، ހީކުރި ގޮތާ ހިލާފަށް މުއިއްޒު އެކަން ކާމިޔާބު ކުރެއްވި އެވެ. ސެނެޓްގެ 67 މެންބަރުންގެ ވޯޓުން އިންތިހާބު ބޮއިކޮޓް ނުކުރަން ނިންމި އެވެ.

އެއީ އޮގަސްޓް ހައެކެވެ. އެއާ ޖެހިގެން އައި އޮގަސްޓް ހަތަކީ އިންތިހާބުގައި ވާދަކުރަން އޮތް އެންމެ ފަހު ދުވަހެވެ. ބޭކާރު ކުރާނެ އެންމެ މިނެޓެއް ވެސް މުއިއްޒަށް ނެތެވެ. ޔާމީންގެ އެންޓޯސްމެންޓް ލިބިފައި ނެތް ނަމަވެސް، މުއިއްޒު ދަރުބާރުގެއަށް ފޯމް ހުށަހަޅަން ވަޑައިގެންނެވި އެވެ. ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ފޯނު ކޯލަކުން މުއިއްޒު ފޯމް ހުށަހެޅުއްވުމަށް އިއުތިރާޒު ނުކުރައްވާ ކަން ޔާމީން އެންގެވީ މުއިއްޒު ދަރުބާރުގޭގައި އިންނަވަނިކޮށެވެ.

އޭރު ޕީޕީއެން/ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުއްރަހީމްގެ ތާއިދު މުއިއްޒަށް ލިބިފައި އޮތް ނަމަވެސް، އެ ނޫން ބޭފުޅުން ތާއިދެއް ނުކުރައްވަ އެވެ. މުއިއްޒަށް ޕީޕީއެމްގެ ލީޑަޝިޕްގެ ތާއިދު އޮތް ކަން ވެސް އިއުލާން ކުރީ، މުއިއްޒާ ދެކޮޅަށް ވާހަކަތަކެއް ދެއްކި ކަންމަތީ ޖަލްސާއަކަށް ފަހު، އޮގަސްޓް 8 ވަނަ ދުވަހު އެވެ. އޭގެ ފަހުން މުއިއްޒުގެ ރިޔާސީ ކެމްޕެއިން ފެއްޓެވި އެވެ. އޭރު ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ގައްސާން މައުމޫނާއި އަހުމަދު ޝިޔާމް ވެސް އިސްވެ ކެމްޕެއިންގައި ބައިވެރިވާން ފެއްޓެވި އެވެ.

ދެ ޕާޓީގެ ފުލް ސަޕޯޓާ އެކު މުއިއްޒަށް ކެމްޕެއިން ކުރައްވަން ލިބިވަޑައިގެންނެވީ ގާތްގަނޑަކަށް މަހެއްހާ ދުވަހެވެ. އޭރު ވާދަވެރި ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިން ކުރައްވާތާ އެތައް ދުވަހެކެވެ. ސަރުކާރުގެ ފުރިހަމަ ބާރާއި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކުރައްވަމުން ގެންދެވީ ވެސް ވަރުގަދަ ކެމްޕެއިނެކެވެ.

ނިކަމެތިވެ، ރޫޅި، ވިއްސިވިހާލިވެފައި އޮތް ޕީޕީއެމް އެކަތިގަނޑަކަށް ހަދައި، މުއިއްޒު ކެމްޕެއިން ފެއްޓެވީ އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މެނިފެސްޓޯއެއް ހަދައި، ރަށްރަށަށް އެކި ވައުދުތައްވެމުން ގެންދެވި އެވެ. ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރިއިރު އިންތިހާބަށް ކުއްލިއަކަށް ނުކުމެވަޑައިގެންނެވި ކެންޑިޑޭޓް މުއިއްޒުވީ، ރައީސް އިބޫއަށް އެންމެ ބޮޑު ޗެލެންޖަށެވެ. މުއިއްޒާ ދެކޮޅަށް ވާހަކަ ދެއްކުމަށް އޭރުގެ ސަރުކާރު ފޯކަސްކުރި އެވެ.

އެކަމަކު، މުއިއްޒު ދެން ވެސް ހުންނެވީ މަޑުމަޑުންނެވެ. މުއިއްޒުގެ ކެމްޕެއިނުން އެންމެ ފާހަގަވީ އެހެން ކެންޑިޑޭޓުންގެ ވާހަކަތައް އެމަނިކުފާނު ނުދައްކަވާ ކަމެވެ. ފާޑުވިދާޅުވީ ކެންޑިޑޭޓަކަށް ނޫނެވެ. އެ ކެންޑިޑޭޓެއްގެ ސިޔާސަތަށެވެ. އެންޓި ކެމްޕެއިން ނުކުރައްވާ، ހާމަ ކުރައްވަމުން ގެންދެވީ އަމިއްލަ މެނިފެސްޓޯ އެވެ. އެ މެނިފެސްޓޯއާ އެކު އިންތިހާބުގެ ފުރަތަމަ ބުރުގައި ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބެއް މުއިއްޒު ހޯއްދެވި އެވެ.

ފުރިހަމަ އަރާއި ބާރުގައި ހުންނެވި ރައީސް އިބޫ، ފުރަތަމަ ބުރުގައި ފަހަތަށް ޖައްސާލެއްވި އެވެ. ސިޔާސީ ތަޖުރިބާ ގިނަ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް މާބޮޑަށް ވެސް ފަހަތަށް ޖައްސާލެއްވި އެވެ. މި ނަތީޖާއަކީ ސަރުކާރަށް ބޮޑު ޝޮކެކެވެ. އަލުން ކެމްޕެއިން އެކުލަވާލަން ވެސް ސަރުކާރަށް ދުވަސްތަކެއް ނެގި އެވެ. ރައީސް އިބޫ އަށް ވެސް މިއީ ވަރަށް ހައިރާން ކުރުވަނިވި ނަތީޖާއަކަށެވެ. ދެވަނަ ބުރާ މުއިއްޒު ކުރިމަތިލެއްވީ ވަރަށް ބޮޑު ޔަގީންކަމަކާ އެކު އެވެ. އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އޮތެވެ.

ކެމްޕެއިން ދަތުރުތަކުން ރަށްރަށުން ވެސް ފެންނަމުން ދިޔައީ އެ މަންޒަރެވެ. މުއިއްޒަށް ތާއިދު ބޮޑު ކަމާއި އިންތިހާބުން އެމަނިކުފާނު މޮޅުވާނެ ކަމެވެ. ނަތީޖާ އައީ ވެސް ހަމަ އެހެނެވެ. ދެވަނަ ބުރުގައި މުއިއްޒު ވަނީ 129159 ވޯޓާ އެކު 54 ޕަސެންޓް ހޯއްދަވާފަ އެވެ. ރައީސް އިބޫއަށް 109868 ވޯޓާ އެކު ލިބިވަޑައިގަތީ 45 ޕަސެންޓެވެ.

މިއީ މި އަހަރު ފެށުނުއިރު އަންދާޒާ ނުކުރެވި އޮތް މަންޒަރެއް ނަމަވެސް، މުއިއްޒު ގެންދެވީ އެ މަސައްކަތްޕުޅު ކުރައްވަމުންނެވެ. އަދި ޕީޕީއެމްގެ އެތެރޭގައި ތިބި ސިޔާސީ ތަޖުރިބާކާރުންނާއި އާއިލީ ގޮތުން ނުފޫޒުގަދަ ބޭފުޅުންނާއި ވިޔަފާރީގެ ގޮތުން ނުފޫޒު ގަދަ ބޭފުޅުން ފަހަތަށް ޖައްސައި، މުއިއްޒު ހޯއްދެވީ ވަރަށް ބޮޑު މޮޅެކެވެ. ސިޔާސީ ހަޔާތުގެ ކުރު މުއްދަތުގައި ގައުމުގެ އެންމެ އިސްވެރިޔާގެ މަގާމަށް މުއިއްޒު އުމުރުން 45 އަހަރުގައި ވަޑައިގެންނެވުމަކީ ހަމަ ހަގީގަތުގައި ވެސް މި އަހަރުގެ އެންމެ ބޮޑު އުސްއައްޔެވެ.