ހުރިހާ ހަރަދަކާ އެކު ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕް
ހުރިހާ ހަރަދަކާ އެކު ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕް

ޗައިނާ ސަރުކާރުގެ އެހީގައި ހުރިހާ ހަރަދަކާ އެކު، އެ ގައުމުގައި މާސްޓާސް އަށް ކިޔަވަން ދިވެހިންނަށް 200 ސްކޮލާޝިޕަށް ހުޅުވާލައިފި އެވެ.

ހުރިހާ ހަރަދަކާ އެކު ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕް
ހުރިހާ ހަރަދަކާ އެކު ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕް

ޗައިނީޒް ސްކޮލާޝިޕް ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ "ޔޫތް އޮފް އެކްސެލެންސް ސްކީމް އޮފް ޗައިނާ ޕްރޮގްރާމް" ގެ ދަށުން ދޫކުރާ ސްކޮލާޝިޕްތަކުގެ ހުރިހާ ހަރަދެއް ދެނީ އެ ކައުންސިލުންނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް އޮތް ކަމަށް ޗައިނާ އިން އަންގާފައިވާ ކަމަށެވެ.

އެއް އަހަރު ދުވަހުގެ އެ ސްކޮލާޝިޕްގައި ބައިވެރިވުމަށް ބޭނުންވާ ނަމަ އަންނަ އޭޕްރީލް 15 އިގެ ކުރިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ. މާސްޓާސް ކޯސްތަކާ ބެހޭ މައުލޫމާތާއި ކޯހަށް ފޯމު ހުށަހަޅާނެ ގޮތުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް https://mohe.gov.mv/ އިން ލިބޭނެ އެވެ.

ޗައިނާގެ 78 ޔުނިވާސިޓީގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ކޯހަށް ހޮވޭ މީހުން ރާއްޖެ އިން ފުރުމުގެ ކުރިން އެ މީހަކު ބައިވެރިވާ ކޯސް ހިންގާ ޔުނިވާސިޓީ އާއި ކޯހަކީ ރާއްޖޭގެ އެމްކިޔުއޭ ގަބޫލުކުރާ ކޯހެއްތޯ ޔަގީން ކުރުމަށް މިނިސްޓްރީން އެދެ އެވެ.

ޕްރޮފެޝަނަލް ނުވަތަ ލައިސެންސިން ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވިއްޖެ ނަމަ ކޯހަށް ފުރުމުގެ ކުރިން ކަމާ ބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްކަން ޔަގީން ކުރުމަށް ވެސް މިނިސްޓްރީން އެދިފައި ވެ އެވެ.

އެ ސްކޮލާޝިޕްތަކަށް ކުރިމަތި ލެވެނީ ޑިގްރީ ނިންމައި، އުމުރުން 45 އަހަރު ނުވާ މީހުންނަށެވެ.

ޗައިނާގައި މާސްޓާސް އަށް ކިޔެވުމަށް ފުރުސަތު ހުޅުވާލާފައި ވާއިރު، އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް މަހު ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ގައުމުން އެހީވާ ދާއިރާތައް ހާމަކުރައްވައިފަ އެވެ.

އޭގެ ތެރޭގައި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ދާއިރާ އިން 1،000 ސިވިލް ސާވަންޓުންނަށް ފުލީ ފަންޑެޑް ސްކޮލާޝިޕް ވެސް ހިމެނެ އެވެ.