11 ފެބުރުއަރީ 2024 - 06:13

ބޮލީވުޑްގެ އެކްޓަރު މިތުން ޗަކްރަބަތީ އަށް ސްޓްރޯކެއް ޖެހިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، 73 އަހަރުގެ މިތުންގެ މެއަށް ތަދެއް އަރައިގެން ކޮލްކަތާގެ އެޕޯލޯ ހޮސްޕިޓަލުގައި އެޑްމިޓްކުރީ އިއްޔެ އެވެ.
އޭނާ އެޑްމިޓްކުރި ހޮސްޕިޓަލުގެ އޮފިޝަލުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނީ އޭނާ ވަނީ އިސެމިކް ސެރެބްރޯވަސްކިއުލާ ސްޓްރޯކް އަށް ޑައިގްނޯސް ކޮށްފަ އެވެ.
ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.
"ކާޑިއޮލޮޖިސްޓުންނާއި ފިޒީޝަނުންނާއި ގޭސްޓްރޯއެންޓަރޮލޮޖިސްޓުން ހިމެނޭ ގޮތަށް މި ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމެއް އަންނަނީ އޭނާގެ ހާލު ވަރަށް ގާތުން ބަލަމުން،" އެ ހޮސްޕިޓަލުން ބުންޏެވެ.
ފިލްމީ ދާއިރާއާ ދުރުގައި އުޅެމުން އަންނަ މިތުން މިހާރު ގިނައިން ފެންނަނީ ސިޔާސީ މަސައްކަތްތަކުގައި އުޅޭ ތަނެވެ. އޭނާ އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ މިދިޔަ ދައުރުގެ މެމްބަރެކެވެ.