ދެ އަހަރު ފުރުން ފާހަގަކުރަން ކްލެސިކްއިން ޑިސްކައުންޓު ދެނީ
ދެ އަހަރު ފުރުން ފާހަގަކުރަން ކްލެސިކްއިން ޑިސްކައުންޓު ދެނީ

ރާއްޖޭގައި ޖީ2000 އަދި ޖިއަޑާނޯ ބްރޭންޑުގެ ހެދުންތައް ވިއްކާ ކްލެސިކް ފިހާރައަށް ދެ އަހަރު ފުރުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދެ އަހަރު ފުރުން ފާހަގަކުރަން ކްލެސިކްއިން ޑިސްކައުންޓު ދެނީ
ދެ އަހަރު ފުރުން ފާހަގަކުރަން ކްލެސިކްއިން ޑިސްކައުންޓު ދެނީ

މި ޕްރޮމޯޝަނުގައި، އެ ފިހާރައިން ވިއްކާ ހެދުންތަކުން ކަސްޓަމަރުންނަށް 50 ޕަސެންޓު، 30 ޕަސެންޓު އަދި 15 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ. މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.

ދެ އަހަރު ފުރުން ފާހަގަކުރަން ކްލެސިކްއިން ޑިސްކައުންޓު ދެނީ
ދެ އަހަރު ފުރުން ފާހަގަކުރަން ކްލެސިކްއިން ޑިސްކައުންޓު ދެނީ

ކްލެސިކް ފިހާރައިގައި އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ކެޝުއަލް ވެއާ އާއި ފޯމަލްވެއާގެ އެކި ކަލެކްޝަންތަކުގެ ހެދުން ހިމެނެ އެވެ. މި ތަނަކީ ކޮލެޓީ ރަނގަޅު، ބްރޭންޑެޑް، ސްޓައިލިޝް ހެދުންތަކެއް ދިވެހިންނަށް ފޯރުކޮށްދިނުމަށް ހުޅުވި ފިހާރަ އެކެވެ.

މި ފިހާރައަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މި ދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހާއްސަ ހަރަކާތެއް ވަނީ ބާއްވައިފަ އެވެ. މި ރަސްމިއްޔާތުގައި އެ ފިހާރައަށް މި ދިޔަ އަހަރު ލިބުނު ސޭލްސްގެ 15 ޕަސެންޓު ވަނީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއަށް ހަދިޔާކޮށްފަ އެވެ.

އެ ފިހާރައިން ބުނީ، އެ ތަނުގެ ސޭލްސް އިތުރުވާ މިންވަރަކުން ކުރާ ޑޮނޭޝަންތައް އިތުރުވާނެ ކަމަށެވެ.

އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި، އެ ތަނަށް ގެނެސްފައިވާ ޖިއަޑާނޯގެ އާ ކަލެކްޝަން ވެސް ދައްކާލި އެވެ. ފިރިހެނުންނަށް ހާއްސަކޮށް ގެނައި މި ކަލެކްޝަނުގެ ހެދުންތައް އެ ފިހާރައިން މިހާރު ލިބޭނެ އެވެ.

އަމީރު އަހުމަދު މަގުން، ނަސަންދުރަ އިމާރާތް ކައިރީގައި ހުންނަ "ކްލެސިކް" ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 9 އިން ރޭގަނޑު 11 އަށެވެ. ހުކުރު ދުވަހު މި ފިހާރަ ހުޅުވަނީ ހަވީރު ތިނަކުން ރޭގަނޑު 11 އަށެވެ.