ފުނަދޫ އެއާޕޯޓް ބޮޑުކޮށް، ހޮސްޕިޓަލުގެ ހިދުމަތް ރަނގަޅުކުރަނީ
ފުނަދޫ އެއާޕޯޓް ބޮޑުކޮށް، ހޮސްޕިޓަލުގެ ހިދުމަތް ރަނގަޅުކުރަނީ

ށ. ފުނަދޫގެ ޑޮމެސްޓިކް އެއާޕޯޓް ބޮޑުކޮށް އަދި މި ރަށުގެ ހޮސްޕިޓަލުގެ ހިދުމަތް ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފުނަދޫ އެއާޕޯޓް ބޮޑުކޮށް، ހޮސްޕިޓަލުގެ ހިދުމަތް ރަނގަޅުކުރަނީ
ފުނަދޫ އެއާޕޯޓް ބޮޑުކޮށް، ހޮސްޕިޓަލުގެ ހިދުމަތް ރަނގަޅުކުރަނީ

ރައީސް އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ފުނަދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކުގައި ސަރުކާރުން އެންމެ އިސްކަމެއް ދޭނެ އެއް ރަށަކަށް މި ރަށް ވާނެ ކަމަށެވެ. އަދި ކެމްޕެއިންގައި އެމަނިކުފާނު މި ރަށަށް ވެވަޑައިގެންފައިވާ ވައުދުތައް ވެސް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ފުނަދޫ އެއާޕޯޓް ބޮޑުކޮށް، ހޮސްޕިޓަލުގެ ހިދުމަތް ރަނގަޅުކުރަނީ
ފުނަދޫ އެއާޕޯޓް ބޮޑުކޮށް، ހޮސްޕިޓަލުގެ ހިދުމަތް ރަނގަޅުކުރަނީ

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ފުނަދޫ އެއާޕޯޓްގެ ޖާގަ އިތުރުކޮށް، ފްލައިޓްތައް ވެސް އިތުރުކޮށް ހިދުމަތް ރަނގަޅުކުރަން ވަނީ ޖެހިފަ އެވެ. އަދި މި ރަށުގެ ރައްޔިތުން އެދޭ ގޮތަށް އެއާޕޯޓްގެ ރަންވޭ ވެސް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުން އެދޭ ގޮތަށް އެއާޕޯޓް ބޮޑުކޮށް ތަރައްގީކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި 2018 ވަނަ އަހަރު ހުޅުވި ފުނަދޫ އެއާޕޯޓްގެ ރަންވޭގެ ދިގުމިނުގައި މިހާރު ހުންނަނީ 1،200 މީޓަރެވެ.

އެކަމަކު ރައީސް ވިދާޅުވި ގޮތުގައި، މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުގެ ހިދުމަތް ރަނގަޅުކުރުމަށެވެ. އަދި ހޮސްޕިޓަލަކުން ލިބެން ޖެހޭ ހުރިހާ ހިދުމަތެއް ލިބޭ ތަނަަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ރަށާއި އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް އިކޯ ޓޫރިޒަމް ހިމެނޭ ގޮތަށް ތަފާތު މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ފުނަދޫގެ ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.