އިންގިލާބީ ބަދަލުތަކެއް ގެނުވައި ބޭންކިންގެ ކުރީ ސަފުން ޖާގަ ހޯދި އެމްއައިބީއަށް 13 އަހަރު
އިންގިލާބީ ބަދަލުތަކެއް ގެނުވައި ބޭންކިންގެ ކުރީ ސަފުން ޖާގަ ހޯދި އެމްއައިބީއަށް 13 އަހަރު

ބޭންކަކުން ދޭ އެންމެ އާދައިގެ ހިދުމަތްތަކާ އެކު މީގެ 13 އަހަރު ކުރިން މޯލްޑިވްސް އިސްލާމިކް ބޭންކުގެ ނަމުގައި ހުޅުވި ބޭންކަކީ އިސްލާމީ އުސޫލުތަކުގެ ތެރެއިން މާލީ ފުރިހަމަ ހިދުމަތެއް ރާއްޖޭގައި ދޭން ފެށި ފުރަތަމަ ބެންކެވެ. ބޭންކު އެކައުންޓު ހުޅުވުމުގެ ހިދުމަތާއި ބޭންކަކުން ދޭ އެންމެ އާދައިގެ ހިދުމަތްތަކުން ފެށި މި ބޭންކަކީ މިއަދު ދިވެހިންނަށް, މަގުބޫލު ގިނަ ހިދުމަތްތަކެއް ބޭންކިންގެ ދާއިރާގައި ދެމުންދާ ތަނެކެވެ.

އިންގިލާބީ ބަދަލުތަކެއް ގެނުވައި ބޭންކިންގެ ކުރީ ސަފުން ޖާގަ ހޯދި އެމްއައިބީއަށް 13 އަހަރު
އިންގިލާބީ ބަދަލުތަކެއް ގެނުވައި ބޭންކިންގެ ކުރީ ސަފުން ޖާގަ ހޯދި އެމްއައިބީއަށް 13 އަހަރު

ޓެކްނޮލޮޖީއާ ރައްޓެހި މާހައުލެއްގައި ބޭންކުގެ ހިދުމަތްތައް ތަރައްގީކޮށް, ފުޅާކުރަމުން ގޮސް, މި ބޭންކުން ވަނީ އިންގިލާބީ ބަދަލުތަކެއް ގެނެސްފަ އެވެ. ރާއްޖެއަށް އެންމެ ފުރަތަމަ ވަޔަލެސް ޕޮސްމެޝިން އާއި ޕޮސް ކޭޝް ޑިޕޮސްޓް ތައާރަފްކުރުމާއި, އަމިއްލަ ކާޑެއް ފައިސާ ކާޑު ނަމުގައި ތައާރަފްކޮށް އޭޓީއެމްގެ ހިދުމަތް ދޭން ފެށި ފެށުމަކީ މި ބޭންކުގެ ކުރީކޮޅުގައި ވެސް ޓެކްނޮލަޖީއާ އޮތް ގުޅުން ދައްކައިދިން ކަންތައްތަކެވެ. އަދި ބޭރުގެ އެއްވެސް ބޭންކެއްގެ އިންފްރަސްޓަކްޗަރެއް ބޭނުންނުކޮށް އަމިއްލަ އިންފްރަސްޓްރަކްޗަރެއްގައި ރާއްޖެއަށް އިންޓަނޭޝަނަލް ކާޑުގެ ހިދުމަތް ދޭންފެށުމަކީ ރާއްޖޭގެ ބެންކިންގެ ދާއިރާއަށް ލިބުނު ކުރި އެރުމެކެވެ.

އިންގިލާބީ ބަދަލުތަކެއް ގެނުވައި ބޭންކިންގެ ކުރީ ސަފުން ޖާގަ ހޯދި އެމްއައިބީއަށް 13 އަހަރު
އިންގިލާބީ ބަދަލުތަކެއް ގެނުވައި ބޭންކިންގެ ކުރީ ސަފުން ޖާގަ ހޯދި އެމްއައިބީއަށް 13 އަހަރު

މިފަދަ އެކި ހިދުމަތްތައް ތައާރަފްކުރަމުން ގޮސް, އެމްއައިބީއިން މިއަދު ވަނީ ބޭރުގެ ބޭންކުތަކުން ދެމުން އަންނަ ހިދުމަތްތަކާ ވާދަކުރެވޭ ފެންވަރުގައި ހިދުމަތްތައް ދެމުންނެވެ. މިނެޓަކަށް ވުރެ މަދު ވަގުތު ކޮޅެއްގެ ތެރޭގައި އޮންލައިންކޮށް ބެންކު އެކައުންޓެއް ހުޅުވުމުގެ ހިދުމަތާއި ރައްކާތެރިކަމާ އެކު އޮންލައިންކޮށް ބެންކުގެ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން ދާ ދިއުމަކީ އެ ކަމުގެ ހެއްކެކެވެ.

އިންގިލާބީ ބަދަލުތަކެއް ގެނުވައި ބޭންކިންގެ ކުރީ ސަފުން ޖާގަ ހޯދި އެމްއައިބީއަށް 13 އަހަރު
އިންގިލާބީ ބަދަލުތަކެއް ގެނުވައި ބޭންކިންގެ ކުރީ ސަފުން ޖާގަ ހޯދި އެމްއައިބީއަށް 13 އަހަރު

އެމްއައިބީއިން އޮންލައިންކޮށް ދޭ ހިދުމަތްތަކަކީ އާއްމުންގެ މެދުގައި މަގުބޫލު, އާއްމުން އިތުބާރުކުރާ ހިދުމަތްތަކަކަށް ވެފައި ވަނީ މި ހިދުމަތަކީ ރައްކާތެރިކަން ކަށަވަރުކޮށްދޭ ހިދުމަތްތަކަކަށް ވުމުންނެވެ. އެ ބެންކުގެ އިންޓަނެޓް ބޭންކިންގައި ޓޫ ފެކްޓާ އޮތިންޓިކޭޝަން ބޭނުންކުރުމާއި ބަޔޯ މެޓްރިކްސްއިން އަންލޮކް ކުރުން ފަދަ ގިނަ ފީޗާތަކެއް އެ ބެންކުގެ އޮންލައިން ހިދުމަތްތައް ރައްކާތެރިކަމާއި އެކު އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ވަނީ ހިމަނައިފަ އެވެ.

އެމްއައިބީގެ ޕްރޮޑަކްޓުތަކަކީ ބައިނަލްއަގްވާމީ އެވޯޑު ލިބިފަވާ ޕްރޮޑަކްޓުތަކެކެވެ. މި ޕްރޮޑަކްޓުތަކަކީ އެހެން ފަރާތްތަކުން އެ ފަދަ ޕްރޮޑަކްޓުތައް ހެދުމުގައި އަސްލަކަށް ބަލާ ޕްރޮޑަކްޓުތަކަކަށް ވެސް ވަނީ ވެފަ އެވެ. ދިވެހިންގެ މާހައުލަށް ދިވެހީންނަށް ހާއްސަކޮށް އިސްލާމީ އުސޫލުގެ ތެރެއިން އެމްއައިބީން އީޖާދު ކޮށް ތައާރަފްކުރި ޕްރޮޑަކްޓުތަކަކީ ބަލައިގެން ބައިނަލްއަގުވާމީ މައިދާނުގައި ބަލައިގެންފައިވާ ޕްރޮޑަކްޓުކަކެވެ.

އެމްއައިބީއިން ރާއްޖޭގައި ހިދުމަތް ދޭން ފެށިއިރު ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިސްލާމިކް ބޭންކިންގެ ދާއިރާ އަކީ އާ ދާއިރާއަކަށްވުމުން އެ ދާއިރާގެ މީހުން ނެތުމެވެ. މި ކަމަށް ހައްލު ހޯދުމުގެ ގޮތުން އެ ބެންކުގެ މިޝަން ސްޓޭޓްމަންޓާ އެއްގޮތް ވާ ގޮތުގެ މަތިން ރާއްޖޭގައި މި ދާއިރާއިން ހޭލުންތެރިކަން އިތުރުކޮށް މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެ ބެންކުން އިސްލާމިކް ޔުނިވާސިޓީއަށް ބޮޑެތި އެހީތަކެއް, އެ ޔުނިވާސިޓީއިން ދީ ދަރިވަރުންނަށް ސްކޮލަޝިޕްގެ ފުރުސަތުތަކެއް ފަހިކޮށްދީ, އިސްލާމިކް ބޭންކިންގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް އެ ޔުނިވާސިޓީއާ އެކު ބެންކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެކި ސްކޫލުތަކާއި ފޯރަމްތަކުގައި އިސްލާމިކް ފައިނޭންސްއާ ބެހޭ މައުލޫމާތުތައް ފޯރުކޮށްދީ, އެ ދާއިރާއަށް އޮތް އަހުލުވެރިކަން އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް އެ ބެންކުން ދަނީ ކުރަމުންނެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެންމެ މަގުބޫލު އެއް ބެންކަށް އެމްއައިބީ ވެފައި ވަނީ އެ ބެންކުން ހިދުމަތްތައް ތަރައްގީކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި, ދާއިރާއިން މީހުން ބިނާކޮށް ހިދުމަތްތައް ފުރިހަމަކުރުމަށް ކުރަމުންދާ ގިނަ މަސައްކަތްތަކުގެ ސަބަބުންނެވެ. އަދި ފަސޭހައިން ބޭނުންކުރެވޭނެ, ޖަޒީރާ ގައުމަކަށް ޓެކްނޮލޮޖީގެ އެހީގައި, އޮންލައިންކޮށް ލިބެން ހުންނާނެ ފުރިހަމަ, ރައްކާތެރި ހިދުމަތްތަކުގެ ސަބަބުންނެވެ. މި ބެންކަކީ މިއަދު ރާއްޖޭގެ އެންމެ ގިނަ ހިއްސާދާރުން ތިބި ކުންފުންޏެވެ. މި ބެންކުގެ އަމާޒަކީ މިހާރަށް ވުރެ ވެސް ފުރިހަމަ ހިދުމަތްތަކެއް, އިސްލާމީ ބޭންކިން ނިޒާމުގެ ތެރެއިން ތައާރަފްކޮށް, ލުއި ފަސޭހަ ގޮތްތަކެއްގައި ބޭންކިންގެ ހިދުމަތް ދިނުމެވެ.