17 ފެބުރުއަރީ 2017 - 21:49

އާ ސަހަރާގެ ފުރަގަހުގައި ހުންނަ މާލޭ ކަސްޓޯޑިއަލް އިން މިދިޔަ ހަފުތާގައި ކުށްވެރިންތަކެއް ފިލައިފި އެވެ.
އެއީ، އެކި ތުހުމަތުތަކާ ގުޅިގެން ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކުރަންދެން ކުށްވެރިން ބައިތިއްބާ ތަނެކެވެ. އެތަނުގައި ކުށްވެރިން ތިބެނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ކުށްވެރިންތަކެއް ފިލި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މީހުން އަދިވެސް ނުފެންނައިރު، އޭގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރި އެވެ.
ކަސްޓޯޑިއަލް އިން ފިލީ، ކޮން މައްސަލަތަކެއްގައި ހިމެނޭ މީހުން ކަމެއް އަދިި ފިލި މީހުންގެ އަދަދެއް ވެސް ސާފެއް ނުވެ އެވެ. އެ މީހުން ފިލީ އެތަނުގެ ފާރުމަތިން ކަމެއް ނުވަތަ އެހެން ގޮތަކުން ކަމެއް ވެސް އަދި ނޭނގެ އެވެ.
މާފުށީ ޖަލު ފަޅާލައިގެން ވެސް ދޭތެރެ އިން ކުށްވެރިން ފިލަ އެވެ.