18 މާޗް 2024 - 19:17

މާލޭގެ ދެ މިސްކިތެއްގެ އަންހެނުން ވުޟޫ ކުރާ ބަޔަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާޚާނާ ތައްޓާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ގެއްލުންދީ ހަލާކުކޮށްލާފައިވާ ކަމަށެވެ.
ފާހަނާތަށި އަދި އިސްކުރު މަރާމާތުކުރުން މިރޭ ކުރިއަށް ދާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ދެ މިސްކިތެއްގެ އަންހެނުންގެ ވުޟޫ ކުރާ ބަޔަށް ގެއްލުން ދީފައިވަނީ ކޮން ބަޔަކު، ކޮން މަގުސަދެއްގައި ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް، މޭޔަރު ވިދާޅުވީ މިފަދަ ނާތަހުޒީބު އަމަލްތަށް ހުއްޓުވުމަށް އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
ރޯދަ މަހަކީ ތާރާވީހު ނަމާދަށް އަންހެނުން ވެސް ގިނަ އަދަދެއްގެ މިސްކިތްތަކަށް ގޮސް އުޅެ އެވެ.