މެލޭޝިއާ އެއާލައިންސުން ރާއްޖެއަށް ދަތުރުތައް ފަށަނީ، ދެކޮޅު ޓިކެޓް 299 ޑޮލަރަށް
މެލޭޝިއާ އެއާލައިންސުން ރާއްޖެއަށް ދަތުރުތައް ފަށަނީ، ދެކޮޅު ޓިކެޓް 299 ޑޮލަރަށް

މެލޭޝިއާ އެއާލައިންސުން ރާއްޖެއަށް އަލުން ދަތުރުތައް ފަށަން ނިންމައި، ޓިކެޓް ބުކިން އަށް ހުޅުވާލައިފި އެވެ.

ދުނިޔޭގެ މަގުބޫލު ޓޫރިސްޓު މަންޒިލްތަކަށް މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، އެ އެއާލައިންތަކުގެ ސީދާ ދަތުރުތައް ކުރަން ނިންމި އާ ތިން މަންޒިލްގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.

އަންނަ އޯގަސްޓު މަހުން ފެށިގެން އެ އެއާލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމާފައިވާ އިރު، ކޮންމެ ދުވަހަކު ފްލައިޓެއް އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތަކަށް ޓިކެޓު ބުކް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އެއްކޮޅު ޓިކެޓު 200 ޑޮލަރަށް ލިބޭ އިރު، ދެކޮޅު ޓިކެޓުގެ އަގު އުޅެނީ 299 ޑޮލަރަށެވެ.