18 އެޕްރީލް 2024 - 21:04

ހދ. މަކުނުދު އާއި ރ. މާކުރަތު އަދި ތ. މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

އެ ކުންފުނިން ބުނީ މަކުނުދު އާއި މާކުރަތު އަދި މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެ ކުންފުންޏާ ދެމެދު މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއާމް މުހައްމަދެވެ. އަދި އާރުޑީސީ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީހު އަފީފެވެ.
އެ ތިން ރަށުގެ މަގުތައް ހެދުމަށް އެކުލަވާލި އެއްބަސްވުމުގެ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.
އާރުޑީސީން އަންނަނީ ވަރަށް ގިނަ ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން 27 ރަށެއްގައި މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.