21 ފެބުރުއަރީ 2017 - 08:30

ރަންބީރު ކަޕޫރާއި ސައިފް އަލީ ޚާން އަކީ މިހާރު އެއް އާއިލާއެއްގެ ދެ މީހުންނެވެ. ސައިފްގެ އަންހެނުން ކަރީނާ އަކީ ރަންބީރާ ދެބެންގެދެދަރި މީހެކެވެ. ފަހަކަށް އައިސް ސައިފާއި ރަންބީރުގެ ގުޅުން ވަރަށް ބަދަހިވެއްޖެ އެވެ.
ދާދި ފަހުން މި ދެ މީހުން ވަނީ އެ އާއިލާގެ ދުވަސްވީ މެމްބަރެއް ކަމަށްވާ ޝަޝީ ކަޕޫރުގެ ގެޔަށް އާއިލާގެ ގިނަ ބަޔަކު އެއްވި ދުވަހަކު އެ އެންމެންނަށް ކައްކަދީފަ އެވެ.
ރަންބީރު ބަދިގޭގައި އެއްޗެއް ކޮށަން ހުރިއިރު ސައިފް އުނދުނަށް އެއްޗެއް އުދައިގެން ހުއްޓާ ނަގާފައިވާ ފޮޓޯއެއް ކަރީނާގެ ދައްތަ ކަރިޝްމާ ވަނީ އިންސްޓަގްރާމް ކޮށްފަ އެވެ. ކަރީނާ ބުނެފައިވާ ގޮތުގައި ރަންބީރާއި ސައިފް ތައްޔާރު ކުރަމުން ދިޔައީ ރޭގަނޑުގެ ކެއުމެވެ.
ރަންބީރާއި ކަރީނާގެ ބޮޑުބޭބެއެއް ކަމަށްވާ ކުނާލް އާއި ދެބެންގެދެދަރި އާދަރް ޖެއިން ވެސް ބާބެކިއު ހެދުމާއި ކެއުން ތައްޔާރުކުރުމުގައި އުޅޭތަން މި ފޮޓޯތަކުން ފެނެ އެވެ.
ބެލެވޭ ގޮތުގައި ރޭގަނޑުގެ ކެއުން ތައްޔާރުކުރީ އެ އާއިލާގެ ފިރިހެނުންނެވެ. ކަރިޝްމާ އާއި ކަރީނާ ތިބީ އަރާމުކޮށްލާށެވެ.