އެމްއެމްޕީއާރްސީ ހިންގުން ޑީއެމްޑީ ބައްސާމްއާ ހަވާލުކޮށްފި
އެމްއެމްޕީއާރްސީ ހިންގުން ޑީއެމްޑީ ބައްސާމްއާ ހަވާލުކޮށްފި

އެމްއެމްޕީއާރްސީ ހިންގުން ވަގުތީ ގޮތުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް އާ ހަވާލުކޮށްފި އެވެ.

އޭނާ އެ މަގާމަށް އައްޔަން ކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ފާތިމަތު ތައުފީގް (ކުޑީ) އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ކުޑީ އެ މަގާމުން ވަކި ކުރެއްވި ސީދާ ސަބަބެއް އަދި ނޭނގެ އެވެ.

ފާތިމަތު ތައުފީގު އެ މަގާމުން ވަކި ކުރެއްވި އިރު، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރްއައިން ޖަނާހު ވެސް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އެނގިފައިވާ ގޮތުގައި، ކުންފުނި ހިންގަމުން އަންނަ ގޮތާ މެދު ކުރީގެ އެމްޑީއާއި އެމްއެމްޕީއާރްސީގެ ބޯޑާ ދެމެދު ވަނީ ގިނަ ހަޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ. ބައެއް ހަރަކާތްތައް ހިންގުމަށް ހަރަދު ކުރުމުގައި އެ ކުންފުނިން ނިންމާފައިވާ ނިންމުންތަކާ މެދު ބޯޑުގެ ބައެއް މެންބަރުންނާ މެދު ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ.