ނަސީބުވެރިޔާއާ ދިރާގުން ޓެސްލާ ކާރު ހަވާލުކޮށްފި
ނަސީބުވެރިޔާއާ ދިރާގުން ޓެސްލާ ކާރު ހަވާލުކޮށްފި

ދިރާގުން ކުރިއަށް ގެންދިޔަ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ނަސީބުވެރިޔާއާ ކާރު ހަވާލުކޮށްފި އެވެ.

ނަސީބުވެރިޔާއާ ދިރާގުން ޓެސްލާ ކާރު ހަވާލުކޮށްފި
ނަސީބުވެރިޔާއާ ދިރާގުން ޓެސްލާ ކާރު ހަވާލުކޮށްފި

އެ ކުންފުނިން ޕްރޮމޯޝަނެއްގައި މިހާތަނަށް ދިން އެންމެ އަގު ބޮޑު އިނާމް، ޓެސްލާ އިއްޔެ ހަވާލުކުރީ ދިރާގުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ކާރު، ބޮޑު އީދު ޝޯގައި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގައި ލިބުނީ ކ. ތުލުސްދޫ މުސްތަފާ މުހައްމަދަށެވެ. ކާރު ހަވާލުކުރި ރަސްމިއްޔާތުގައި، އޭނާގެ އާއިލާ ބައިވެރިވި އެވެ.

ނަސީބުވެރިޔާއާ ދިރާގުން ޓެސްލާ ކާރު ހަވާލުކޮށްފި
ނަސީބުވެރިޔާއާ ދިރާގުން ޓެސްލާ ކާރު ހަވާލުކޮށްފި

މުސްތަފާ ބުނީ ޓެސްލާ ކާރެއް ފަދަ އަގުހުރި އިނާމެއްގެ ނަސީބުވެރިއެއްގެ ގޮތުގައި ހޮވުނުކަން އެންމެ ފުރަތަމަ ގަބޫލުކުރަން ދަތިވި ކަމަށެވެ. އެކަމަކު، އެތައް މެސެޖަކާއި ފޯނު ކޯލަކަށް ފަހު ޔަގީންވެ، އެއީ އޭނާ އާއި އާއިލާ ލިބުނު ބޮޑު އުފަލެއް ކަމަށް އޭނާ ބުންޏެވެ.

ދިރާގުން ބުނި ގޮތުގައި މުސްތަފާއަކީ ދިވެހިރާއްޖެއަށް މޮބައިލް ފޯނުގެ ހިދުމަތް ތައާރަފުކުރި ހިސާބުން ފެށިގެން ދިރާގުގެ ހިދުމަތް ބޭނުން ކުރަމުން އަންނަ ކަސްޓަމަރެކެވެ.

ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ޓެސްލާ" ޕްރޮމޯޝަން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ މި އަހަރުގެ ޖެނުއަރީގެނިޔަލަށެވެ.

މި ޕްރޮމޯޝަނަށް ގިނަ ކަސްޓަމަރުންތަކެއްގެ ތަރުހީބު ލިބުނެވެ.