07 ޖުލައި 2024 - 10:17

ބޮލީވުޑްގެ ތަރި ވިކީ ކައުޝަލް އާއި ތުރިޕްތީ ދިމްރީގެ ކުރިއަށް އޮތް ފިލްމު "ބޭޑް ނިއުޒް"ގެ ފުރަތަމަ ލަވަ ""ތޯބާ ތޯބާ"" އަށް ބޮޑު މަގުބޫލު ކަމެއް ލިބިއްޖެ އެވެ.
މި ލަވައިގެ މިއުޒިކް ވީޑިއޯ އާންމުކުރީ މިދިޔަ ހަފުތާގަ އެވެ.
ލަވަ ރިލީޒްކުރިތާ ދެތިން ދުވަސް ތެރޭގައި މި ލަވަ އަށް ވަނީ 20 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.
މި ލަވައިގެ މިއުޒިކް ވީޑިއޯގެ ކޮރެއޮގްރެފީ ހަދާފައި ވަނީ ބޮސްކޯ-ސީޒާ އިންނެވެ. މި ލަވަ އަކީ ލަވައިގެ ވީޑިއޯއިން ފެންނަ ޕަބްޖާބުގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކަރަން އައުޖުލާ ލިޔެ، އޭނާ އަމިއްލަ އަށް ކިޔާފައިވާ ލަވައެކެވެ.
ފިލްމު "ބޭޑް ނިއުޒް" އަކީ 2019 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ގުޑް ނިއުޒް"ގެ ސީކުއެލްއެކެވެ. މި ފިލްމުން ފެންނާނީ ވިކީ އާއި އެމީ ވާކް އަދި ތުރިޕްތީ އެވެ.
އަނަންދު ތިވާރީ ޑައިރެކްޓު ކުރާ މި ފިލްމު ރިލީޒްކުރަނީ މި މަހު 19 ގަ އެވެ.