ތައުލީމީ މީހުންނަށް ސަރުކާރުން ބޮޑެތި މުސާރަ ދޭން 200 މިލިއަން ހާއްސަ ކުރާނަން: ރައީސް
ތައުލީމީ މީހުންނަށް ސަރުކާރުން ބޮޑެތި މުސާރަ ދޭން 200 މިލިއަން ހާއްސަ ކުރާނަން: ރައީސް

ރާއްޖޭން ބޭރުން ކިޔަވައިގެން ހިދުމަތް ކުރަން ގައުމަށް އައުމަކީ ކޮންމެ ދަރިވަރެއްގެ ކިބައިން ވެސް އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި ކިޔަވައިގެން ތިބޭ މީހުންނަށް ސަރުކާރުގެ މުސާރަ ބޮޑު މަގާމުތައް އުފެއްދުމުގެ މަސައްކަތް އަންނަ އަހަރުން ފެށިގެން ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ތައުލީމީ މީހުންނަށް ސަރުކާރުން ބޮޑެތި މުސާރަ ދޭން 200 މިލިއަން ހާއްސަ ކުރާނަން: ރައީސް
ތައުލީމީ މީހުންނަށް ސަރުކާރުން ބޮޑެތި މުސާރަ ދޭން 200 މިލިއަން ހާއްސަ ކުރާނަން: ރައީސް

މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުން މަތީ ވަނަތައް ހޯދި ދަރިވަރުންގެ ތެރެއިން ރައީސްގެ ހާއްސަ ސްކޮލަޝިޕާއި ހަޔާ އެޗީވާސް ސްކޮލަޝިޕް ހާސިލްކުރި ކުރި ދަރިވަރުންނާ އެ ކަމުގެ ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި އެކަށީގެންވާ މުސާރަ ނުލިބޭތީ، ބޭރު ގައުމުތަކުގައި ވަޒީފާ އަދާކުރާ ވަރަށް ގިނަ ދިވެހިން އެބަތިބި ކަމަށާއި އެކަން ބަދަލު ކުރަން ސަރުކާރުން ސިޔާސަތުތަކެއް ގެންގުޅޭ ކަމަށެވެ.

ތައުލީމީ މީހުންނަށް ސަރުކާރުން ބޮޑެތި މުސާރަ ދޭން 200 މިލިއަން ހާއްސަ ކުރާނަން: ރައީސް
ތައުލީމީ މީހުންނަށް ސަރުކާރުން ބޮޑެތި މުސާރަ ދޭން 200 މިލިއަން ހާއްސަ ކުރާނަން: ރައީސް

ރައީސް ވިދާޅުވީ ރާއްޖެ އަށް އެކި ދާއިރާތަކުން ކިޔަވައިގެން ތިބި މީހުން ބޭނުންވާ ކަމަށާއި ކިޔަވައިގެން ތިބޭ މީހުންނަށް ސަރުކާރުން ބޮޑެތި މުސާރަ ލިބޭ ވަޒީފާ ދޭން އެ މަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.

ތައުލީމީ މީހުންނަށް ސަރުކާރުން ބޮޑެތި މުސާރަ ދޭން 200 މިލިއަން ހާއްސަ ކުރާނަން: ރައީސް
ތައުލީމީ މީހުންނަށް ސަރުކާރުން ބޮޑެތި މުސާރަ ދޭން 200 މިލިއަން ހާއްސަ ކުރާނަން: ރައީސް

"މަތީ ފެންވަރަށް ކިޔަވައިގެން ތިބޭ މޮޅު މީހުންނަށް ބޮޑު މުސާރައެއް ދިވެހި ސަރުކާރުން ދިނުމަށްޓަކައި އަންނަ އަހަރުން ފެށިގެން 200 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހާއްސަ ކުރާނަން،" ހުޅުމާލޭގެ ހުރަވީ ސްކޫލްގައި ބޭއްވި ޝަރަފުވެރި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ތައުލީމީ މީހުންނަށް ސަރުކާރުން ބޮޑެތި މުސާރަ ދޭން 200 މިލިއަން ހާއްސަ ކުރާނަން: ރައީސް
ތައުލީމީ މީހުންނަށް ސަރުކާރުން ބޮޑެތި މުސާރަ ދޭން 200 މިލިއަން ހާއްސަ ކުރާނަން: ރައީސް

"އެކި ދާއިރާތަކުން ކިޔަވައިގެން ތިބޭ ދިވެހިންނަށް ސަރުކާރުގެ ތެރެއިން ވަރަށް ބޮޑު މުސާރަ ލިބޭ ގޮތަށް ބައްޓަން ކުރަން 200 މިލިއަން ރުފިޔާ ކަނޑައަޅާނަން. ނަތީޖާއަކަށް ވާނީ ޕްރައިވެޓް ސެކްޓަރަށް ވުރެ ރަނގަޅު މުސާރައެއް ސަރުކާރުން ލިބޭނެ. ރާއްޖެ އިން ބޭރުގައި ތިބޭކަށް ނުޖެހޭނެ."

ރައީސް ވިދާޅުވި ގޮތުގައި އެއީ އުމްރާނީ އެކިއެކި މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން ހާއްސަކުރާ ބައިން ނަގަން ހަޖައްސަވާފައިވާ ފައިސާ އެވެ. އުމްރާނީ ތަރައްގީ އާއި އިންސާނީ ތަރައްގީ ވެސް މުހިންމު ކަމަށާއި ރާއްޖެ ތަރައްގީ ކުރާނީ އެގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކިޔަވައިގެން ނިމިގެން ރާއްޖެ އަށް ނާންނަ އެއް ސަބަބަކީ ދިރިއުޅެވޭނެ ގޮތެއް ނެތުން ކަމަށާއި މި ސަރުކާރުން ރާއްޖޭގައި އޮތް ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކޮށްދޭނެ ކަމަށެވެ. އެއިރުން އަމިއްލަ ދިރިއުޅުން ފަށަން އަދި އާއިލާއާ އެކު ދިރިއުޅުމަށް ބޭނުންވާ ގެދޮރު ވެސް ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ކިޔަވައި ނިމިގެން ރާއްޖެ އަންނަން ހުރިހާ ދަރިވަރުން ވެސް އަޒުމު ކަނޑައަޅަން ރައީސް މުއިއްޒު އެދިވަޑައިގަތެވެ.

ގެދޮރުގެ އިތުރުން ދަރިވަރުންގެ ފަރާތުން ދެން އަންނަ އެންމެ ބޮޑު ޝަކުވާއަކީ ވަޒީފާ ނުލިބުން ކަމަށާއި އެކަން ހައްލު ކުރަން ގިނަ ދާއިރާތަކަކީ ހަމައެކަނި ދިވެހިންނަށް މަސައްކަތް ކުރެވޭނެ ދާއިރާތަކުގެ ގޮތުގައި ކަނޑައަޅާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.

އެހެންވެ އެ މަނިކުފާނު ވަނީ ރާއްޖެ އިން ބޭރުގައި މި ވަގުތު ތިބި ތައުލީމީ މީހުން އަވަހަށް ރާއްޖެ ބަދަލުވާން ވިސްނާން އެދިވަޑައިގެންފަ އެވެ.