ރެއާލްގައި އެންޑްރިކްގެ ތައާރަފު ފެނިލުން، ޖަޒުބާތުތަކުން ފުރިފައި
ރެއާލްގައި އެންޑްރިކްގެ ތައާރަފު ފެނިލުން، ޖަޒުބާތުތަކުން ފުރިފައި

މެޑްރިޑް (ޖުލައި 28) - ބްރެޒިލްގެ އުންމީދީ ސްޓްރައިކަރު އެންޑްރިކް ފިލިޕޭ ރެއާލް މެޑްރިޑްގެ ކުޅުންތެރިޔެއްގެ ގޮތުގައި ތައާރފުކޮށް ދިނުމަށް ބޭއްވި ހަފުލާ ގައި އޭނާގެ ޖަޒުބާތުތައް ބައްޑުންކޮށްލައިފި އެވެ.

ރެއާލްގައި އެންޑްރިކްގެ ތައާރަފު ފެނިލުން، ޖަޒުބާތުތަކުން ފުރިފައި
ރެއާލްގައި އެންޑްރިކްގެ ތައާރަފު ފެނިލުން، ޖަޒުބާތުތަކުން ފުރިފައި

ޗެލްސީ އާއި ޕީއެސްޖީ ފަހަތަށް ޖައްސާލައި އޭރު އުމުރުން 16 އަހަރުގެ އެންޑްރިކްގެ ޓްރާންސްފާ ރެއާލުން ކަށަވަރު ކުރީ ޑިސެމްބަރު 2022 ގަ އެވެ. ބްރެޒިލްގެ ޕަލަމޭރަސްގެ ކޮންޓްރެކްޓްގައި އޭރު ހުރި އުންމީދީ ފޯވާޑްގެ ޓްރާންސްފާ އަށް 60 މިލިއަން ޑޮލަރު ޕަލަމޭރަށް އަށް ރެއާލުން ދިނެވެ.

ރެއާލްގައި އެންޑްރިކްގެ ތައާރަފު ފެނިލުން، ޖަޒުބާތުތަކުން ފުރިފައި
ރެއާލްގައި އެންޑްރިކްގެ ތައާރަފު ފެނިލުން، ޖަޒުބާތުތަކުން ފުރިފައި

އެހެން ގައުމެއްގައި ކުޅެމުންދާ ކުޅުންތެރިޔަކަށް ވާތީ، ވަގުތު އޭނާ ރެއާލް އަށް ގެނެވޭނެ ޖާގައެއް ފީފާގެ ޓްރާންސްފާ ޕޮލިސީން ނުދެ އެވެ. ޓްރާންސްފާގެ އަގު ހަލާސް ކުރުމަށް ފަހު ވެސް ރެއާލް އަށް ޖެހުނީ އޭނާ އަށް 18 އަހަރު ފުރެންދެން މަޑުކުރާށެވެ.

މިދިޔަ އާދިއްތަ ދުވަހު 18 އަހަރު ފުރުމާ އެކު ރެއާލުގެ ވެރިންނާއި މުވައްޒަފުން ހަފުތާ ބަންދަން އެ ދިޔައީ އެ ކްލަބްގެ ކުޅުންތެރިޔެއްގެ ގޮތުގައި ރަސްމީކޮށް އެންޑްރިކް ތައާރަފުކޮށް ދިނުމަށް ފަހު އެވެ.

އެންޑްރިކްގެ ތައާރަފު ހަފުލާ ރޭ ސެންޓިއާގޯ ބާނަބުއޭގައި އޮތީ ބައި ލައްކައެއްހާ ސަޕޯޓަރުންގެ ކުރިމަތީގަ އެވެ. ސަޕޯޓަރުންގެ ކުރިމައްޗަށް އޭނާ ނުކުތީ ރެއާލްގެ ހުދު ޖޯޒީގައި 16 ނަންބަރުގަ ޖަހައިގެންނެވެ.

ސަޕޯޓަރުންނަށް ޝުކުރު އަދާކުރުމަށް ފަހު މައިކު ކައިރީ ހުރި އެންޑްރިކް މުޅިން ބަސް ހުއްޓި، އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލީ ހިފެހެހްޓުމެއް ނެތި އެވެ.

ރެއާލަށް ކުޅުމަކީ އެންޑްރިކް ކުޑައިރުއްސުރެން ފެށިގެން ދެކެމުން އައި ހުވަފެނެއްކަން އޭނާ ބުނެދިނެވެ. އެންޑްރިކްގެ ބައްޕައާ ހަވާލާދީ އިޓަލީގެ ކުޅިވަރު ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ ރިޕޯޓް ކޮށްފައިވާ ގޮތުން 16 ނަމްބަރަކީ ވެސް އެންޑްރިކަށް ވަރަށް ހާއްސަ ހަނދާންތަކާ ގުޅިފައިވާ ނަންބަރެކެވެ.

އެންޑްރިކްގެ ބައްޕަ ޑަގުލަސް ބުނީ، އެންޑްރިކް ކުޑައިރު ބަނޑުހައިވެގެން ކާއެތިކޮޅަކަށް ބުނެލާއިރު ދޭނެ ކާއެއްޗެއް ގޭގައި ނުހުންނަ ކަމަށެވެ. ނަމަވެސް އެންޑްރިކް، ބައްޕަ ގައިގައި ބައްދާލާފައި، އޭނާ ބޮޑުވެގެން ފުޓްބޯޅަ ކުޅުންތެރިއަކަށްވެ އެ ހާލަތުން އެ އާއިލާ ސަލާމަތް ކޮށްދޭނެ ކަމަށް އެންޑްރިކް ބުނާކަމަށް ޑަގްލަސް ބުންޏެވެ.

"އެއީ 2016 ވަނަ އަހަރު، އަހަރެމެންގެ ގެ ހަދަން އުޅުނު އިރު އަހަރެން އުޅުނީ ގާއެޅުމުގެ މަސައްކަތުގައި އެހީތެރިއަކަށް. އަހަރެން މަސައްކަތް ކުރަންދަނީ ޕަލަމޭރަސްގެ 16 ނަމްބަރު ޖޯޒީއެއް ލައިގެން،" އެންޑްރިކް އަށް ރޮވުނު ސަބަބު ހާމަކުރަމުން އޭނާގެ ބައްޕަ ޑަގްލަސް ބުންޏެވެ.

"އަހަރެންގެ ދަރިފުޅު 2022 ގައި ޕަލަމޭރަސްއިން ޕްރޮފެޝަނަލް ކެރިއާ ފެށީ ވެސް އެ ފޮޓޯގައި އަހަރެން ލައިގެން ހުރި ކުލަބުގެ ޖޯޒީގައި 16 ނަމްބަރުގައި. މިއަދު އަށް އަހަރު ފަހުން ވެސް ނަމްބަރަކަށް ބަދަލެއް ނާދޭ. އެކަމު މިފަހަރު ޔޫރަޕުގައި ހުދު ޖޯޒީއެއްގައި. ފްލޮރެންޓީނޯ ޕެރޭޒް އާއެކު ސެންޓިއާގޯ ބާނެބުއޭގައި 40،000 ހާ ރެއާލް މެޑްރިޑްގެ ސަޕޯޓަރުން ކުރިމަތީގައި."

ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އެންޑްރިކް ވަނީ ރެއާލްއާ އެކު ސޮއި ކޮށްފަ އެވެ.

އޭނާ ވަނީ ޕަލަމޭރަސް އަށް ތިން ސީޒަނުން 79 މެޗު ކުޅެ، 21 ގޯލު ޖަހައިފަ އެވެ. އެޓީމާ އެކު ބްރެޒިލްގެ އެއްވަނަ ޑިވިޝަނާއި ރީޖަނަލް ލީގު ވެސް ދެ ފަހަރު ކާމިޔާބު ކޮށްފައި ވާއިރު، ބްރެޒިލްގެ ސުޕަ ކަޕް ވެސް އެޓީމާ އެކު ކާމިޔާބު ކުރި އެވެ.

އެންޑްރިކް ވަނީ ބްރެޒިލްގެ ސީނިއާ ގައުމީ ޓީމަށް އޭނާ މިހާތަނަށް ކުޅެދިން 10 މެޗުން ތިންގޯލު ޖަހައިފަ އެވެ.