ރާއްޖެ-އިންޑިއާ ގުޅުން އާ އުސްމިންތަކަކަށް ގެންދަން ރައީސްގެ ޔަގީންކަން
ރާއްޖެ-އިންޑިއާ ގުޅުން އާ އުސްމިންތަކަކަށް ގެންދަން ރައީސްގެ ޔަގީންކަން

އިންޑިއާ އިން ރާއްޖެއަށް ވަމުން އަންނަ އެހީތަކަށް ޝުކުރުއަދާކުރައްވައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އާ އުސްމިންތަކަކަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ރާއްޖެ-އިންޑިއާ ގުޅުން އާ އުސްމިންތަކަކަށް ގެންދަން ރައީސްގެ ޔަގީންކަން
ރާއްޖެ-އިންޑިއާ ގުޅުން އާ އުސްމިންތަކަކަށް ގެންދަން ރައީސްގެ ޔަގީންކަން

ދެ ގައުމުގެ ތާރީހީ ގުޅުން އެމަނިކުފާނުގެ ސަރުކާރުގައި، ކުރިއަށް އޮތް ތަނުގައި ވެސް އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

ރާއްޖެ-އިންޑިއާ ގުޅުން އާ އުސްމިންތަކަކަށް ގެންދަން ރައީސްގެ ޔަގީންކަން
ރާއްޖެ-އިންޑިއާ ގުޅުން އާ އުސްމިންތަކަކަށް ގެންދަން ރައީސްގެ ޔަގީންކަން

މި ރަސްމިއްޔާތުގައި، އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތްތައް ނިންމައި އިންޑިއާ ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ.

ރާއްޖެ-އިންޑިއާ ގުޅުން އާ އުސްމިންތަކަކަށް ގެންދަން ރައީސްގެ ޔަގީންކަން
ރާއްޖެ-އިންޑިއާ ގުޅުން އާ އުސްމިންތަކަކަށް ގެންދަން ރައީސްގެ ޔަގީންކަން

ރައީސް ވިދާޅުވީ ޖައިޝަންކަރުގެ ދަތުރަކީ ދެ ގައުމުގެ ތާރީހީ ގުޅުން އިތުރަށް ހަރުދަނާވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ. އަދި އިންޑިއާގެ އެހީގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކަކީ ރާއްޖޭގެ ތަރައްގީ އާއި ރަށްރަށުގެ ކުރިއެރުމަށް އިންޑިއާއިން ވެދިން ވަރަށް މުހިއްމު އެހީއެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއުތަކުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، އިގްތިސާދީ ގޮތުން ކުރިއެރުންތައް ލިބޭނެ ކަމަށެވެ.

ރާއްޖެއަށް ވެދެމުން އަންނަ ދީލަތި އެހީތެރިކަމަށްޓަކައި ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ. އިންޑިއާ އަކީ އަބަދުވެސް ރާއްޖެ އާއި އެންމެ ގާތް އެއް ގައުމު ކަމަށާއި ރާއްޖެއަށް ބޭނުންވާ ކޮންމެ ވަގުތަކު އެހީ ފޯރުކޮށްދިނުމުގައި އަބަދުވެސް ރާއްޖޭގެ މުހިއްމު ބައިވެރިއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ދެ ގައުމުގެ ތާރީހީ ގުޅުން އަންނަން އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާކޮށް އާ ހަރުފަތަކަށް ގެންދިއުމަށް އަޅުގަނޑުގެ ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ހަނދާން އާ ކުރައްވައި، އެ ދަތުރުފުޅުގައި އެމަނިކުފާނާ މެދު ބެހެއްޓެވި ގާތް ކަމާއި މެހްމާންދާރީއަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ. ރައީސް ވިދާޅުވީ އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މުހިއްމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ އެކު ބޭއްވެވި ބައްދަލުވުމުގައި ވެސް ދެ ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަ ދެއްކެވި ކަަމަށް ރައީސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން ރަނގަޅުވެ، އިތުރަށް ކުރިއަރަމުންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" ރައީސް ވިދާޅުވި އެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިކުރަން މަސައްކަތް ކުރައްވާތީ އާއި ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އަބަދު ވެސް ތައްޔާރަށް ހުންނަވާތީ ރައީސް ވަނީ ޖައިޝަންކަރަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ދެ ގައުމުގެ ގުޅުން ކުރިއެރުވުމަށް މަސައްކަތް ކުރައްވާތީ އިންޑިއާގެ ހައި ކޮމިޝަނަރު މުނޫ މަހާވަރަށް ވެސް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމާލެއްވީ ވެސް ރާއްޖެ އާއި އިންޑިއާ ގުޅުން ކުރިއަށް އޮތް ތަނުގައި ދަމަހައްޓައި ބަދަހި ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.