ރާއްޖެ-އިންޑިއާގެ ގުޅުމަށް މަރުހަބާ ނުކިޔައި މަލާމާތް ކުރާތީ ނަޝީދު ރައްދު ދެއްވައިފި
ރާއްޖެ-އިންޑިއާގެ ގުޅުމަށް މަރުހަބާ ނުކިޔައި މަލާމާތް ކުރާތީ ނަޝީދު ރައްދު ދެއްވައިފި

ރާއްޖެ އާއި އިންޑިއާގެ ގުޅުން މި ސަރުކާރުގެ އެންމެ ކުރީކޮޅު ވަރަށް ބޮޑަށް ގޯސްވެފައިވީ ނަމަވެސް މިހާރު އެ ގުޅުން ވަރުގަދަ ކުރަން މަސައްކަތް ކުރާ މި ދަނޑިވަޅުގައި އެ ކަމާ ދެކޮޅަށް ފާޑުކިޔާ މީހުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހޫނު ރައްދެއް ދެއްވައިފި އެވެ.

ރާއްޖެ-އިންޑިއާގެ ގުޅުމަށް މަރުހަބާ ނުކިޔައި މަލާމާތް ކުރާތީ ނަޝީދު ރައްދު ދެއްވައިފި
ރާއްޖެ-އިންޑިއާގެ ގުޅުމަށް މަރުހަބާ ނުކިޔައި މަލާމާތް ކުރާތީ ނަޝީދު ރައްދު ދެއްވައިފި

މި ސަރުކާރުން މިހާރު އިންޑިއާއާ އެކު ވަރަށް ބޮޑަށް ގުޅުން ބަދަހިކުރަން މަސައްކަތް ކުރާތީ އެ ކަމަށް މަލާމާތްކޮށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަ ދައްކަވާ ވީޑިއޯއަކާ އެކު، ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެފަދަ ފަރާތްތަކުން ބޭނުންވަނީ "ސިޔާސީ ޕޮއިންޓު" ހޯދަން ކަމަށެވެ.

ރާއްޖެ-އިންޑިއާގެ ގުޅުމަށް މަރުހަބާ ނުކިޔައި މަލާމާތް ކުރާތީ ނަޝީދު ރައްދު ދެއްވައިފި
ރާއްޖެ-އިންޑިއާގެ ގުޅުމަށް މަރުހަބާ ނުކިޔައި މަލާމާތް ކުރާތީ ނަޝީދު ރައްދު ދެއްވައިފި

އެފަދަ މަލާމާތްތަކުން އެނގެނީ އުސޫލުގައި ނުހިފެހެއްޓޭކަން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެ-އިންޑިއާގެ ގުޅުމަށް މަރުހަބާ ނުކިޔައި މަލާމާތް ކުރާތީ ނަޝީދު ރައްދު ދެއްވައިފި
ރާއްޖެ-އިންޑިއާގެ ގުޅުމަށް މަރުހަބާ ނުކިޔައި މަލާމާތް ކުރާތީ ނަޝީދު ރައްދު ދެއްވައިފި

"ބަދަހި އިންޑިއާ-ރާއްޖޭގެ ގުޅުމަށް އެދޭ ފަރާތްތަކުން ސަރުކާރުގެ ސިޔާސަަތަށް ގެނައި ބަދަލަށް މަރުހަބާ ނުކިޔައި، ކުރިން ކަން ވެފައި އޮތް ގޮތް ފާހަގަކޮށް ސަރުކާރަށް މަލާމާތް ކުރާ ނަމަ އެ ކަމުން ދޭހަވަނީ އިންޑިއާ-ރާއްޖެ ގުޅުމަށް ނޭދޭކަން. ބޭނުންވަނީ ސިޔާސީ ޕޮއިންޓު ހޯދުން. އުސޫލުގައި ނުހިފެހެއްޓޭކަން،" އިންޑިއާއާ އެކު އަބަދުވެސް ގާތް ގުޅުމެއް ބާއްވަވާ ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ-އިންޑިއާގެ ގުޅުމަށް މަރުހަބާ ނުކިޔައި މަލާމާތް ކުރާތީ ނަޝީދު ރައްދު ދެއްވައިފި
ރާއްޖެ-އިންޑިއާގެ ގުޅުމަށް މަރުހަބާ ނުކިޔައި މަލާމާތް ކުރާތީ ނަޝީދު ރައްދު ދެއްވައިފި

ނަޝީދުގެ ވާހަކަ އެ ގޮތަށް ގެންނެވިއިރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު މިހާރު އުޅުއްވަނީ ތިން ދުވަހުގެ ރަސްމީ ދަތުރެއްގައި ރާއްޖޭގަ އެވެ. އޭނާ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒާ ވެސް ބައްދަލުކުރައްވައިިފަ އެވެ. ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ދެއްވައި ގުޅުން ވަރުގަދަ ކަމުގެ މެސެޖުތައް ދެއްވައިފަ އެވެ. ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރުގަދަ ކަމުގެ ޔަގީންކަން ވެސް ރައީސް މުއިއްޒު ދެއްވި އެވެ.

ރާއްޖެ-އިންޑިއާގެ ގުޅުމަށް މަރުހަބާ ނުކިޔައި މަލާމާތް ކުރާތީ ނަޝީދު ރައްދު ދެއްވައިފި
ރާއްޖެ-އިންޑިއާގެ ގުޅުމަށް މަރުހަބާ ނުކިޔައި މަލާމާތް ކުރާތީ ނަޝީދު ރައްދު ދެއްވައިފި

ރާއްޖެ އާއި އިންޑިއާގެ އާ ގުޅުމަށް ތަރުހީބު ދެއްވައި ނަޝީދު ޕޯސްޓް ކުރެއްވި ވީޑިއޯގައި ފެންނަނީ އެމްޑީޕީން މިދިޔަ ހަފުތާގައި ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާގައި އެ ޕާޓީގެ ރައީސް ޝާހިދު ދިވެހި ސަރުކާރުގެ ސިޔާސަތަށް މަލާމާތް ކުރައްވައި ވާހަކަ ދައްކަވާ ތަނެވެ.

ރާއްޖެ-އިންޑިއާގެ ގުޅުމަށް މަރުހަބާ ނުކިޔައި މަލާމާތް ކުރާތީ ނަޝީދު ރައްދު ދެއްވައިފި
ރާއްޖެ-އިންޑިއާގެ ގުޅުމަށް މަރުހަބާ ނުކިޔައި މަލާމާތް ކުރާތީ ނަޝީދު ރައްދު ދެއްވައިފި

ޝާހިދު ވިދާޅުވީ މި ސަރުކާރުން އަވަށްޓެރި ގައުމުތަކާ އެކު ގުޅުން ބަދަހިކުރަން ބޭނުންނުވާ ކަމަށާއި އެކި ގައުމުތަކަށް ދަތުރުކޮށް، ނުވަ މަސްވީއިރު ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެ ބައެއް ނުވި ކަމަށެވެ. އެހެންވެ، އަނެއްކާ ވެސް މި ސަރުކާރަށް އިންޑިއާ ފެނިފައިވާ ކަމަށާއި އެ ގައުމުން ވަނީ ރާއްޖެ އަށް އެހީ ފޯރުކޮށްދޭން ނިންމާފައި ކަމަށް ޝާހިދު ވިދާޅުވި އެވެ.

ރާއްޖެ-އިންޑިއާގެ ގުޅުމަށް މަރުހަބާ ނުކިޔައި މަލާމާތް ކުރާތީ ނަޝީދު ރައްދު ދެއްވައިފި
ރާއްޖެ-އިންޑިއާގެ ގުޅުމަށް މަރުހަބާ ނުކިޔައި މަލާމާތް ކުރާތީ ނަޝީދު ރައްދު ދެއްވައިފި

"އޭރު ވިދާޅުވަމުން ގެންދެވީ އިންޑިއާ އައުޓޭ. ނުވަ މަސް ވީއިރު މިހާރު އަންނަނީ ވެލްކަމް އިންޑިއާ،" ޝާހިދު ވިދާޅުވި އެވެ.

އަދި މި ސަރުކާރުން ވެރިކަން ހޯދުމުގެ ކެމްޕެއިންގައި ދެއްކި ވާހަކަތައް ހަނދާނަށް ގެންނަވައި މަލާމާތުގެ ރާގަކަށް ވާހަކަ ދެއްކެވި އެވެ.

ނަޝީދުގެ ވެރިކަމާއި މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވެސް ވަނީ އިންޑިއާ އާއެކު ގާތް ގުޅުމެއް ބާއްވައިފަ އެވެ. އޭރު ޕީޕީއެމް/ ޕީއެންސީ އިދިކޮޅުގައި އޮވެ ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލާގައި، "އިންޑިއާ އައުޓް" ގެ ނަމުގައި ހަރަކާތްތަކެއް ހިންގައިފަ އެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން މި ސަރުކާރުގެ އެންމެ ކުރީކޮޅު ގޯސްވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލަން ރައީސް މުއިއްޒުގެ ސިޔާސަތަކަށް ވެފައިވާއިރު، އެ އަށް އަމަލީ ސިފަ ގެންނަން ނިންމެވުމުންނެވެ. އެކަމަކު، އިންޑިއާ އިން ވެސް ފަހުން އެއްބާރުލުން ދީ، އެ ގައުމުން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ގެނެސްފައި ތިބި ސިފައިން ގެންދިޔަ އެވެ. އޭގެ ފަހުން ދެ ގައުމުން އެއްބަސްވި ގޮތަށް އިންޑިއާ އިން މަދަނީ މީހުން ގެނެސް އެ އުޅަނދުތައް ވަނީ އޮޕަރޭޓް ކުރަން ފަށައިފަ އެވެ.

އެ ނިންމުންތަކާ އެކު، ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ އަލުން ރަނގަޅުކޮށް، ގުޅިގެން މަސައްކަތްތައް ކުރަން ފަށައިފަ އެވެ.