12 ސެޕްޓެމްބަރ 2024 - 12:22

ރާއްޖޭގެ ބިމާއި ފަރާއި ފަޅު އެންމެ ހެޔޮ ގޮތުގައި ބޭނުންކުރުމަށް ސަރުކާރުން އުފެއްދި ލޭންޑް އެންޑް ސާވޭ އޮތޯރިޓީ މިއަދު އުވާލައިފި އެވެ.
މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ ހިންގަމުން އައީ ހައުސިން މިނިސްޓްރީގެ ދަށުންނެވެ. ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެ އޮތޯރިޓީ އުވާލެއްވުމަށް ފަހު އެތަނުން ކުރަމުން އައި މަސައްކަތްތައް ދެން ކުރާނީ ހައުސިން މިނިސްޓްރީން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބަދަލު ގެނައީ އެ އޮތޯރިޓީން ކުރަމުން އައި މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ހިންގައި ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އުފެއްދީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އެވެ. އެއީ ރާއްޖޭގެ ބިމާއި ފަރާއި ފަޅު އެންމެ ހެޔޮ ގޮތުގައި ބޭނުންކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ދިރާސާކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ އެކި އިދާރާތަކުން ކުރަމުން ގެންދާތީ، އެ މައުލޫމާތު ބޭނުންވާ މީހުންނަށް ކުރިމަތިވާ ދަތިތައް ކުޑަކުރުމަށް އޭރު އުފެއްދި އިދާރާއެކެވެ.