29 ސެޕްޓެމްބަރ 2024 - 10:43

މި އަހަރުގެ ޖެނުއަރީން އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ އިރު އެ ތަކެތީގެ މަގުމަތީ އަގު 282 މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ޑްރަގު އޮޕަރޭޝަންތަކުގައި މި އަހަރު 8554 ތަނެއް ބަލާފައިވެ އެވެ. އަދި 113 ޑްރަގު އޮޕަރޭޝަން ހިންގިއިރު 712 މީހަކު ހައްޔަރުކުރި އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންތަކުގައި 158.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އަދި 5252 ބަނގުރާ ފުޅި އަތުލާފައިވާއިރު މި ހުރިހާ އެއްޗެއްގެ މަގުމަތީ އަގު 282.3 އަކަށް އަރަ އެވެ.
އެ މައްސަލަތަކުގެ ތެރެއިން 230 މައްސަލައެއް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.
ގޭންގް ކްރައިމް އެންފޯސްމަންޓުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ޑްރަގާ ގުޅޭ އެކި މައްސަލަތަކުގައި 12،253 މީހަކު ހުއްޓުވާ ސުވާލުކޮށްފައިވެ އެވެ.
- ހުއްޓުވައި ސުވާލުކުރި މީހުންގެ ތެރޭގައި 18 އަހަރު ފުރިފައިވާ މީހުންގެ އަދަދަކީ 2583
- ކުޑަ ކުދިން ހުއްޓުވައި ސުވާލުކުރި އަދަދަަކީ 2014 [މިއީ އެކި ފަހަރުމަތިން ހުއްޓުވި ކުދިންގެ އަދަދު. އެއް ކުއްޖަކު ތަކުރާރުކޮށް ވެސް ހިމެނޭ. އަދި ވަކިން ހުއްޓުވި އަދަދަކީ 331]
- ޗެކް ކުރެވުނު އުޅަނދު 173
- ސަރަހައްދުތައް ޗެކްކުރެވުނު އަދަދު 87،775
- 2 ސަރަހައްދަކުން ގޮނޑި އާއި މޭޒު ނެގުނު
- 67 މީހަކު ހައްޔަރުކުރި
- ފުހެލި ގްރެފިޓީގެ އަދަދަކީ 37
ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި 67 މީހުންގެ ތެރެއިން 22 މީހަކު ތިބީ ފުލުހުންގެ ހައްޔަރުގަ އެވެ. އަދި 15 މީހަކު ރިމާންޑް ޖަލަށް ބަދަލުކޮށްފައިވާއިރު 30 މީހަކު ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުން ބުނީ ގޭންގު ކުށުގެ 22 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 8 މައްސަލައެއް ޕީޖީއަށް ފޮނުވާފައި ކަމަށެވެ.