އިންޑިއާގައި އުފައްދާ ބޭސްތަކެއްގައި މައްސަލަތަކެއް، ސަމާލުވާން އެދެފި
އިންޑިއާގައި އުފައްދާ ބޭސްތަކެއްގައި މައްސަލަތަކެއް، ސަމާލުވާން އެދެފި

އިންޑިއާގައި އުފައްދާފައިވާ 16 ބޭހެއްގައި ކޮލިޓީގެ މައްސަލަ ފާހަގަ ކުރެވިފައިވާތީ އެކަމަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އިންޑިއާގައި އުފައްދާ ބޭސްތަކެއްގައި މައްސަލަތަކެއް، ސަމާލުވާން އެދެފި
އިންޑިއާގައި އުފައްދާ ބޭސްތަކެއްގައި މައްސަލަތަކެއް، ސަމާލުވާން އެދެފި

އެމްއެފްޑީއޭއިން ބުނީ އިންޑިއާގެ ބޭސް ރެގިއުލޭޓްކުރާ މައި އިދާރާ (ސީޑީއެސްސީއޯ) އިން ނެރެފައިވާ އެލާޓަކާ ގުޅިގެން، ރާއްޖޭގެ މާކެޓުގައި އަދި އެޕްރޫވްޑް ޑްރަގް ލިސްޓުގައި އެ ބޭސްތައް ހިމެނޭތޯ ބެލުމަށް އެމްއެފްޑީއޭއިން އިވެލުއޭޝަން ހެދި ކަމަށެވެ.

އެ ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއްގެ އިމްޕޯޓް ކުރުމަށް ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ރާއްޖެއަށް އެތެރެ ކޮށްފައިނުވި ނަމަވެސް ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެ ކުރާތީ އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން ވަނީ އެދިފަ އެވެ.

- ފަލްމޮސިލް

- ޑިފްލެޒާކޯޓް ޓެބްލެޓް

- ތެލްމާ އެޗް

- އުރިސޮކޮލް 300

- ޕެންޓޯސިޑް

އިއްޔެ ވެސް އެމްއެފްޑީއޭއިން ވަނީ އިންޑިއާގައި އުފައްދާ 48 ބޭހެއްގައި މައްސަލަ އުޅޭ ކަމަށް އެ ގައުމުގެ ބޭސް ރެގިއުލޭޓްކުރާ މައި އިދާރާއިން އަންގާފައިވާތީ ސަމާލުވާން އެދިފަ އެވެ.

ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖެއަށް ބޭސް އިމްޕޯޓްކުރާ ޕޯޓުތަކުގެ އިންސްޕެކްޝަން އިތުރަށް ވަރުގަދަކޮށް އެފަދަ ބޭސްތައް އެތެރެވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެމްއެފްޑީއޭ އިން ވަނީ ދީފަ އެވެ.

އެ ބޭސްތަކާ ގުޅޭ އިތުރު މައުލޫމާތު ބޭނުންނަމަ 7200321 އަށް ގުޅުމަށް އެމްއެފްޑީއޭއިން ވަނީ އެދިފަ އެވެ.