ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ކޮމިޓީން ފާސްކޮށްފި
ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ކޮމިޓީން ފާސްކޮށްފި

ސަރުކާރުން ފޮނުވި ގޮތަށް ސަޕްލިމެންޓްރީ ބަޖެޓްގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ކޮމިޓީން ފާސްކޮށްފި
ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ކޮމިޓީން ފާސްކޮށްފި

ކޮމިޓީން ބަޖެޓް ފާސްކުރުމުން އަނެއްކާވެސް ބަޖެޓް ފޮނުވާނީ ތަޅުމަށެވެ. އަދި ބަޖެޓު ފާސް ކުރުމާ ގުޅޭ ގޮތުން ބަހުސްކޮށް، ތަޅުމުން ގޮތެއް ނިންމާނެ އެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ކޮމިޓީން ފާސްކޮށްފި
ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ކޮމިޓީން ފާސްކޮށްފި

ސަޕްލިމެންޓްރީ ބަޖެޓާއެކު ބަޖެޓް ޑެފިސިޓް 18 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ. އަދި މިއަހަރުގެ ޖުމްލަ ބަޖެޓް 55 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި ބޭރުގެ ލޯނު އެހީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ. އަދި ޑޮމެސްޓިކް މާކެޓުން ހޯދަން ކަނޑައަޅާފައިވަނީ ތިން ބިލިއަން ރުފިޔާ އެވެ.

- ޕީއެސްއައިޕީ: ދެ ބިލިއަން ރުފިޔާ

- ސަބްސިޑީ (ތެޔޮ، ކާޑު، ކަރަންޓާއި ނަރުދަމާ އާއި ފެނުގެ ހިދުމަތް): އެއް ބިލިއަން ރުފިޔާ

- ކޮންޓިންޖެންސީ ބަޖެޓު: 650 މިލިއަން ރުފިޔާ

- ސްޓޫޑެންޑް ލޯނު: 458 މިލިއަން ރުފިޔާ

- ސަރުކާރު ހިއްސާވާ ކުންފުނިތައް: 441 މިލިއަން ރުފިޔާ

- އެންސްޕާ: 263 މިލިއަން ރުފިޔާ

- މެޑިކަލް ކޮންޒިއުމަބަލްސް: 200 މިލިއަން ރުފިޔާ

- މުސާރަ: 24 މިލިއަން ރުފިޔާ

ސަޕްލިމެންޓްރީ ބަޖެޓުން އެންމެ ބޮޑު ބައެއް ހޭދަކުރަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށެވެ. ފަސް ބިލިއަން ރުފިޔާގެ ބަޖެޓުން ދެ ބިލިއަން ކަނޑައަޅާފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ. އަދި ދެވަނައަށް އެންމެ ބޮޑު އަދަދެއް ހުށަހެޅީ ސަބްސިޑީއަށެވެ.

ސަބްސިޑީގެ ހަރަދުތައް އިތުރުވީ، ކުރިން ބަޖެޓުގައި ކަނޑައަޅާފައިވާ ރިފޯމާ އެއްގޮތަށް ހަރަދުތައް ކުޑަކޮށްފައި ނުވާތީ އެވެ. ކުރިން ބަޖެޓުގައި ސަބްސިޑީއަށް ކަނޑައަޅާފައިވަނީ 2.8 ބިލިއަން ރުފިޔާ ކަމަށް ވީ ނަމަވެސް، ސަޕްލިމެންޓްރީ ބަޖެޓާއެކު އެ އަދަދު 3.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.

މި އަހަރުގެ ބަޖެޓުގެ ގާތްގަނޑަކަށް 70 ޕަސެންޓު ހޭދަކުރަނީ ރިކަރަންޓް ހަރަދުތަކަށެވެ. ސަޕްލިމެންޓްރީ ބަޖެޓާ އެކު ޖުމްލަ ރިކަރަންޓް ހަރަދު 36.4 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އަދި ކެޕިޓަލް ހަރަދު ނުވަތަ ޕްރޮޖެކްޓްތަކަށް ކުރާ ހޭދަ 15 ބިލިއަން ރުފިޔާ އިން 19 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.