ފުވައްމުލަކުން ގެއްލުނު ހަތަރު އަހަރުގެ ކުއްޖާ ފެނިއްޖެ
ފުވައްމުލަކުން ގެއްލުނު ހަތަރު އަހަރުގެ ކުއްޖާ ފެނިއްޖެ

ފުވައްމުލަކުން ގެއްލިގެން ހޯދަމުން ދިޔަ ފިރިހެން ކުއްޖާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދީ، އިޒްޔާން ހުޝާމް ނަމަކަށް ކިޔާ ހަތަރު އަހަރުގެ ފިރިހެން ކުއްޖެކެވެ.

އާއިލާއާ ހަވާލާދީ ފުލުހުން ކުރިން ބުނި ގޮތުގައި އެ ކުއްޖާ އެންމެ ފަހުން ފެނުނީ މިއަދު ހަވީރު 4:45 ހާއިރު ދިގުވާޑު ފްލެޓް ނަމްބަރު 02.ޖީ.18 ކައިރިންނެވެ.

ފުލުހުން ބުނި ގޮތުގައި މި ކުއްޖާ މިހާރު ވަނީ ފެނިފަ އެވެ.

ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ކުއްޖާގެ ހާލު ރަނގަޅެވެ.