12 ނޮވެމްބަރ 2024 - 14:32

ހުޅުމާލޭގައި ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، ފައިސާ ހޯދަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ހުޅުމާލޭ އޯކިޑްމާ ހިނގުމުގައި، ކާރެއްގެ ތެރޭގައި، ދިވެހި ފިރިހެނަކު ރަހީނުކޮށް، އަނިޔާކުރި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މީހާ ރަހީނު ކުރުމަށްފަހު، އޭނާގެ އާއިލާއަށް ގުޅައިގެން ފައިސާ ހޯދުމަށް މަސައްކަތްކުރި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ދަފްތަރު ނަމްބަރު 9022، ތޮލާލް މޫސާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ތޮލާލް ހައްޔަރު ކޮށްފައި ވާއިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލައެއްގައި ވެސް 12 މީހަކު ހައްޔަރުކޮށް ބަންދު މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
އެ މައްސަލާގައި އެ މީހުން ހައްޔަރުކުރީ ރަހީނު ކޮށްފައިވާ މީހާގެ އިނގިލި ބުރިކޮށްލަން އުޅެނިކޮށެވެ.
މިފަހަކަށް އައިސް، ރަހީނު ކުރުމުގެ މައްސަލަތައް އިތުރުވެފައި ވާއިރު، އެ މައްސަލަތަކުގައި ހިނގި ގޮތުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.